ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ މުޅަދުއަށާއި ތަކަންދުއަށް މިއަދު ވަޑައިގެން، މިދެރަށުގެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، މިދެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ މަޢްލޫމާތު، ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.