ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ، ސާކް ސަމިޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި، އައްޑޫސިޓީގެ ތަރައްޤީއަށް ހިނގަމުންދާ އެހެން މަސައްކަތްތައްވެސް އެމަނިކުފާނު ބައްލަވައިލައްވާނެއެވެ.