ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި، ރޭ ފުރާވަޑައިގެންފިއެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާނެއެވެ. މި ދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ ވެރިންނާއި، އ.ދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ.