މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރައްވަމުން ގެންދެވި މައިގަނޑު މަސައްކަތްތައް، ޤާނޫނު ނަންބަރު  2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރާގޮތަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް 2011 މެއި 11 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.