އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ލަންޑަނަށް ވަޑައިގެންފިއެވެ. އެދެކަނބަލުންނަށް ލަންޑަންގެ ހީތްރޯ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވީ އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑޮކްޓަރ ފަރަހަނާޒް ފައިޞަލާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ އިސް ބޭފުޅުންނެވެ.