ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިން މަގާމަކަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. އެގޮތުން ޢައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބުގެ މަގާމަށް އައްޑުއަތޮޅު ހުޅުދޫ ވާރުގޭ ޝިފާޒް ޢަލީއާއި، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ކޮޅުމަޑުލު ވޭމަންޑޫ ފިނިފެންމާގޭ އިބްރާހީމް ރަޝީދާއި އަދި މޯލްޑިވްސް ވޮލަންޓިއަރޒް ކޯގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް އައްޑުއަތޮޅު ފޭދޫ އެވަރގްލޯރީ އަޙްމަދު މަރްޒޫޤެވެ. އަޙްމަދު މަރްޒޫޤު މިމަގާމަށް ޢައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.