ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކަށް އިދިކޮޅު ޑީ.އާރު.ޕީ.ގެ ތާއީދު ހޯއްދެވުމަށްޓަކައި، އެޕާޓީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، މިބައްދަލުކުރެއްވުމުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.