ސަރުކާރުން އެކުލަވައިލައްވާފައިވާ [ދެވަނަ ފުރްޞަތު ޕްރޮގްރާމް]ގެ އެންމެހާ ކަންކަން ބެލެހެއްޓެވުމަށްޓަކައި [ދެވަނަ ފުރްޞަތު ޕްރޮގްރާމް]ގެ ސްޓިއަރިންގ ކޮމިޓީއާއި، ޓެކްނިކަލް ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކުލަވައިލައްވައިފިއެވެ.

މިގޮތުން، [ދެވަނަ ފުރްޞަތު ޕްރޮގްރާމް]ގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙަންމަދު ނަޢީމާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޢާއިޝަތު ރަޝީދެވެ.

[ދެވަނަ ފުރްޞަތު ޕްރޮގްރާމް]ގެ ޓެކްނިކަލް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މާލޭ ސިޓީ ކައުންސިލްގެ މާލޭ މޭޔަރ މައިޒާން ޢަލިމަނިކާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އައްޝައިޚް މުޙަންމަދު ފާރޫޤާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުނީރާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޞަބްރާ ނޫރައްދީނެވެ.