މިނިވަންދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ހިތްފަސޭހަ މައިދާނުގައި ބޭއްވެވި [މިނިވަން ހަވީރު] ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިނިވަން ހަވީރުގައި ބައިވެރިވި ކުޑަކުދިންނާއި ޢާއިލާތަކާ ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.

މި މިނިވަން ހަވީރުގައި ވަރަށްގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތައް ބައިވެރިވިއެވެ.