ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ހެންވޭރު އިސްދޫ މާރިޔާ ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މާރިޔާ ޢަލީ މިހާތަނަށް ހުންނެވީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމުގައެވެ.