މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މާފަންނު އަރާރޫޓްވިލާ ޠަލްޙަތު އިބްރާހީމް ކަލޭފާނު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޠަލްޙަތު އިބްރާހީމް ކަލޭފާނު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ ކަމުގެ މަގާމުގައެވެ.