[ކައްދޫ އެއަރޕޯޓް ކަމްޕެނީ ލިމިޓެޑް]ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ގަލޮޅު ރަންގިރީގޭ އިސްމާޢީލް ވާފިރެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު ދިވެހިގޭ އަޙްމަދު ފަޔާޒު ޝަރީފެވެ.


ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހައްދުންމަތީ ފޮނަދޫ ބިލެތްކަފާގޭ މުޙަންމަދު ޢަޒީމާއި، ހައްދުންމަތީ އިސްދޫ ޔެލޯލައިޓް މޫސާ ޚަލީލާއި، ހައްދުންމަތީ ގަން/ތުނޑި ނިމެރި ޙަސަން ޒަކީއެވެ.