ދެކުނު ސޫދާން، މިނިވަން ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދެކުނު ސޫދާނުގެ މިނިވަންކަން ރޭ އިޢުލާން ކުރުމާ ގުޅިގެން، ރައީސް ސަލްވާ ކީރް މަޔާދީތަށް ރައީސުލްޖުމްހޫރިއްޔާ، ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، މި އުފާވެރި މުނާސަބަތުގައި، ދެކުނު ސޫދާނުގެ ރައްޔިތުންނަށާއި، އެ ޤައުމުގެ ސަރުކާރަށާއި، ރައީސް މަޔާދީތަށް، ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި، ދެކުނު ސޫދާނުގެ ރައްޔިތުންނަށް ފުރިހަމަ ސިއްޙަތަކަށާއި، އުފާވެރިކަމާއި، ޞުލްޙައާއި، ތަރައްޤީއަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.