ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުންނަށް، ޑިރެކްޓަރުގެ މަގާމު ފުރުއްވޭނީ، ޑިރެކްޓަރ ކަމަށް ޢައްޔަންކުރާތާ 3 މަސްދުވަހުގެ ތެރޭގައި، ޑައިރެކްޓަރސް ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، އެކޯހުން ފާސްވެވަޑައިގަތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. މިކޯހަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީޒްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެން ހިންގަވާ ކޯހެކެވެ.

ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންވެސް، 3 މަސް ދުވަހުގެ ތެރޭގައި، މިކޯސް ފުރިހަމަކުރައްވައި ފާސްވެވަޑައިގަންނަވަންޖެހޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.