[ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް]ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު ސޭންޑީބީޗް ޔޫޝަޢު ސަޢީދެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ގަލޮޅު ރަންގިރީގޭ މުޙަންމަދު ވާފިރެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާފަންނު ބްލޫ ސްޓޯން މުޙަންމަދު ޝަހުދީ އަންވަރާއި، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ދިލްޝާދުގޭ ޝިމާދު އިބްރާހީމާއި، އައްޑުއަތޮޅު ހިތަދޫ އޯކިޑްމާގޭ ޢަލީ ޝަރީފާއި، މާފަންނު ލޫބިޔާ ޙުސައިން ނިޒާރެވެ.