ފުވައްމުލަކުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ތިންބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ، ފުވައްމުލަކު މިސްކިތްމަގު ކަޝްމީރު، މުޙަންމަދު ސުޢާދާއި، ފުވައްމުލަކު ފުނާޑު މާނެލް، ޢަބްދުﷲ ފަލާޙު ޝަރީފާއި، ފުވައްމުލަކު ހޯދަޑު މައުނާ، އިބްރާހީމް ޙުޒާމެވެ.