ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ނޭޕާލްގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ކޭ.ޕީ. ޝަރްމާ އޮލީ، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ނޭޕާލާ ދެ ޤައުމުގެ ދެމެދުގައިވާ ގާތްގުޅުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދީ ޙާލަތާއި، ރާއްޖޭގެ ތަރައްޤީއާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.