ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ކެލާ އިރުދޭމާގޭ ޒުބައިރު މުޙަންމަދު ޢައްޔަން ކުރައްވައިފިއެވެ. ޒުބައިރު މުޙަންމަދު މީގެކުރިން ހުންނެވީ، މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރގެ މަގާމުގައެވެ.