ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުންދެއްވުމަށް ނިންމަވާފައިވާ ޤައުމީ އިނާމަށްމިއަހަރު ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، ޤައުމީއިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި ކަމުގައި ދަންނަވަންރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ އަހަރެކޭވެސް އެއްފަދައިން، މިއަހަރުވެސް އިނާމާބެހޭ އެންމެހާ ކަންތައްތައް ކުރެއްވުމަށްހަމަޖައްސަވާފައިވަނީ،    މި ކޮމިޓީން ކަމަށާއި، އިނާމު ދެއްވާނެ ފަރާތްތައްހޮއްވަވާނީވެސް މި ކޮމިޓީންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.
 
            ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސްޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ. ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށްއެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި،ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކުރައްވައި މިއަހަރުވެސް ނަން ހުށަހެޅުއްވޭގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަންރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

             ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުއްވުމަށް ވަކި ފޯމެއް އަދި ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް ވަކި ފޯމެއް ކަނޑައެޅިފައިވާ ކަމަށާއި، އިނާމަށް ހުށަހަޅުއްވާ ފަރާތްތަކުންނާއިއިނާމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވާނީ މިދެންނެވުމާއެކުގައިވާ ދެ ފޯމުގެ ތެރެއިން އިނާމަށް ހުށަހަޅާ ފަރާތާގުޅޭ ފޯމެއް ފުރިހަމަ ކުރައްވާފައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފޯމު ފޮނުއްވާނީޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކުރައްވައި މިއޮފީހަށް ކަމުގައިދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހުށަހަޅުއްވާ ފޯމުތައް،މިއަހަރުގެ ޖުލައިމަހުގެ 31ވާ  އާދީއްތަދުވަހުގެ ހަވީރު 4.00ގެ ކުރިންމިއޮފީހަށް ފޮނުއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް މިއަދުވަނީޝާއިޢު ކުރައްވާފައި ކަމަށާއި، ޤައުމީ އިނާމަށް ނަން ހުށަހަޅާ ދެފޯމުވެސްގެޒެޓުގައި ހިމަނުއްވާފައިވާނޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.
 
 ޤައުމީ އިނާމާބެހޭ ކޮމިޓީން ތައްޔާރުކުރެއްވި، ޤައުމީ އިނާމާބެހޭ ލިޔުންމިދެންނެވުމާއެކު ހިމެނިފައިވާނެއެވެ. އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތުއޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ، މިއޮފީހުގެ 3336262 ނަންބަރު ފޯނާއި، ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.ޤައުމީ އިނާމަށް ނަންހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. މިއޮފީހުގެ ވެބްސައިޓް އެޑްރެހަކީwww.presidencymaldives.gov.mv އެވެ.