ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މައްޗަންގޮޅީ ހިތިލާގޭ ޠަލްޙަތު އިބްރާހީމެވެ.

ޠަލްޙަތު އިބްރާހީމަކީ، މީގެކުރިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެން.އެސް.އެސް ގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، އެން.އެސް.އެސް ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސަރޖަންޓް ކަމާއި، ސްޓާފް ސަރޖަންޓްކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ ރޭންކްގައި ޚިދްމަތް ކުރައްވާފައިވެއެވެ. އަދި ލެފްޓެނަންޓް ކަމުގެ ރޭންކާއި، ފަސްޓް ލެފްޓެނަންޓް ކަމުގެ ރޭންކްގައިވެސް ޚިދްމަތް ކުރައްވާފައިވެއެވެ.