ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް 2011 އޭޕްރިލް 21 ވަނަ ދުވަހުން ފެށިގެން ފުރިހަމައަށް ޢަމަލުކުރަން ފަށާފައިވުމާއެކު، މި ޤާނޫނާއި،މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު2011/R-16 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތިން މެނުވީ، ސަރުކާރުގެ މުއައްސަސާތަކުން ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުން ނުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މުއައްސަސާތަކުން ކުރައްވަންޖެހޭ ކަންތައްތައް،ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.