1. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމު

 
       މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމަށް، ސްޓޭޓް މިނިސްޓަރ ފެންވަރުގައި، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ގުލްފާމުގޭ އަޙްމަދު އަސްޢަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު އަސްޢަދު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުގައެވެ.
 
2. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަގާމު
 
       މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަގާމަށް ހެންވޭރު އިރުވައި މުޙަންމަދު އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު އަޙްމަދު މިހާތަނަށް ހުންނެވީ، އެ މިނިސްޓްރީގެ އެ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމުގައެވެ.
 
3. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމު
 
       މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 3029 އިބްރާހީމް ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.