"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ މާލޭގެ ބިންތައް، މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. އަދި ވަކިތަނަކާ ހަވާލުނުކުރެވި ހުރި ހުރިހާ ބިމެއްވެސް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. މިކަންކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މާލޭ ސިޓީ ކައުންސިލުގެ މައިގަނޑު މަސައްކަތްތަކާގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމް، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރައްވައިގެން ހިންގެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ކަނޑައެޅުއްވިއެވެ.