ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 210 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ބްރޫމް ނިޔާޒް އިބްރާހީމްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ނިޔާޒް އިބްރާހީމަކީ، އިނގިރޭސިވިލާތުގެ ބަރމިންގހަމް ސިޓީ ޔުނިވަރސިޓީން، އޮޑިޓް މެނެޖްމަންޓް އެންޑް ކޮންސަލްޓެންސީގެ ރޮނގުން މާސްޓަރ އޮފް ސައެންސް ހައްދަވައި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންގައި، އެކައުންޓިން އެންޑް ފައިނޭންސްގެ ރޮނގުން ބެޗްލަރޒް ޑިގްރީ (އޮނަރޒް) ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ.)ގެ ސަރޓިފައިޑް އެކައުންޓެންޓެކެވެ.