ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވަރލްޑް ބޭންކުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރ ޑިއަރީޓޫ ގޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވަރލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ވަރލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޕްރޮގްރާމްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ވަރލްޑް ބޭންކުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދެއްވާފައިވާ އަދި ދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި، ވަރލްޑް ބޭންކަށް ޝުކުރު އަދާކުރެއްވިއެވެ.