"ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު" މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވައިފިއެވެ.

މިކުންފުންޏަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، މެދު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެ ޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރްކަޒީ އުޞޫލުން ރައްޔިތުންނަށް ފޯރުއްވައިދެއްވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.