ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މާޗް މަހުގެ 3 ވާ ބުރާސްފަތި ދުވަހު ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވާފައިވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.