ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ" މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ކޮލެޖްގެ ފެކަލްޓީއެއްގެ ގޮތުގައި ހިނގަމުންދިޔަ ކުއްލިއްޔަތުލްދިރާސާތިލް އިސްލާމިއްޔާ، އެ ތާރީޚުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ކޮލެޖެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.