بسـم الله الرّحمـن الرّحيـم

الحمـد لله ربّ العالمين ، والصّـلاة والسّـلام على سـيّدنا محـمّد وعلى آله وصحـبه أجمعـين .

ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރި މިނިސްޓަރުން، ކޮމަންވެލްތް އޮފް ލަރނިންގގެ ޕްރެޒިޑެންޓް ސަރ ޖޯން ޑެނިއަލް އަދި ސިމްކާގެ ޑިރެކްޓަރ، ހަމައެހެން، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީގެ ޕްރެޒިޑެންޓް ތާންސްރީ އަންވަރު ޢަލީ، ވަޑައިގެން ތިއްބެވި އެންމެހާ ސަފީރުން އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحمـةلله وبركا تـه.

އާދެ! އިންޓަރނެޓްގެ ޒަރީޢާއިން ފޮނުވާ ރޭޑިޔޯ ސްޓޭޝަނެއް ހުޅުވޭކަމީ އަޅުގަނޑު ދަންނަވާނީ ވަރަށް ތާރީޚީ ކަމެކޭ. އަދި ހަމައެހެންމެ ތަޢްލީމީ ދާއިރާއިން އިންޓަރނެޓްގެ ރޭޑިޔޯއެއް ހުޅުވޭކަން އެއީ، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭ ކަމެއް. އުފާކުރަންޖެހޭ ކަމެއް. އާދެ! އައި ރޭޑިޔޯ ތަޢްލީމުގެ ދާއިރާއިން އިފްތިތާޙް ކޮށްދިނުމަށްޓަކައި މިއަދު އެ ޝަރަފް އަޅުގަނޑަށް ލިބުނު ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. މިއިފްތިތާޙް ކޮށްދެއްވުން މިއަދު ހަމަޖެހިފައި އޮތީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު. އެހެންނަމަވެސް އެމަނިކުފާނުގެ މަސައްކަތްޕުޅު މިއަދު ހުރިގޮތުން އަޅުގަނޑަށް އެމަސައްކަތް މިހަވާލުކުރެއްވީ. އެހެންވެ، އެމަނިކުފާނަށްވެސް އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ރޭޑިޔޯގެ ޒަރީޢާއިން ތަޢްލީމުގެ އެކިއެކި ޕްރޮގްރާމްތައް ފެތުރުމަކީ އެއީ ދިވެހިރާއްޖޭގައި މިހާރު ދުވަސްތަކެއް ވަންދެން ހިނގަމުން އަންނަ ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގައި ފުރަތަމަ ރޭޑިޔޯގެ ޒަރީޢާއިން ތަޢްލީމުގެ ޕްރޮގްރާމްތައް ދޭންފެށީ މީގެ ތިރީހަކަށް އަހަރު ކުރިން އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ނަމުގައި ޔުނެސްކޯއާއި ޔުނިސެފްގެ އެހީގައި އަދި ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި ދިވެހިރާއްޖޭގައި ތަޢްލީމު ކުރިއެރުމަށް އުފެދުނު މަޝްރޫޢެއްގެ ދަށުން އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފީސް ފަހުން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢްލީމު ކުރިއަރުވާ މަރުކަޒުން ޕްރޮގްރާމްތައް ރާވައިގެން ހިންގަން ފެށީ. އޭރު އެނގިވަޑައިގަންނަވާނެ "ރޭޑިޔޯ ހަވީރު"ގެ ނަމުގައި ފުރަތަމަ ޕްރޮގްރާމް އުފެދިގެން އޭގެފަހުން، "މުދައްރިސުންގެ ދުނިޔެ" މިނަމުގައިވެސް ޕްރޮގްރާމެއް ހިންގަން ފެށުނު. އަދި ތަޢްލީމާބެހޭ އެކިއެކި މަޢްލޫމާތުތައް މިޕްރޮގްރާމްގެ ދަށުން ވޭތުވެދިޔަ 30 އަހަރު ވަންދެން ވަނީ ދެވިފައި.

އާދެ! ދުރުންދޭ ތަޢްލީމަކީ އޭރު ވަރަށްބޮޑު އަހަންމިއްޔަތެއް ދެވިގެން ފެށި ޕްރޮގްރާމްތަކެއް. އަދި ޚާއްޞަ ގޮތެއްގައި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިންގެ ބެއްލެވުމުގެ ދަށުން ވަރަށް ރަނގަޅަށް ރޭވިގެން އަދި ވަރަށްގިނަ ބައެއްގެ އެހީއާ އެކީގައި އެޕްރޮގްރާމްތައް ހިނގަމުން އައިސްފައިވަނީ. ޕްރޮގްރާމްތައް ހަމަ ކޮންމެ ދުވަހަކުހެން ރާއްޖޭގެ އެކިކަންކޮޅުތަކަށް ބްރޯޑްކާސްޓް ކުރެވެމުންދިޔަ. އަދި އެއަޑު އެހުމަށްޓަކައި އަޅުގަނޑު ހަނދާންވާ ގޮތުގައި ޖަޕާން ސަރުކާރުގެ އެހީގައި އޭރު ރޭޑިޔޯ ސެޓްތަކެއް ހޯދި ރާއްޖޭގެ ހުރިހާ ރަށްތަކަށް، ހުރިހާ ރަށުއޮފީސްތަކަށް، ހުރިހާ މަސްދޯނިތަކަށް، ހުރިހާ ގެތަކަކަށް، އޭރު ރޭޑިޔޯ ސެޓްތައް ހިލޭ ބަހާލެވުނު. އެޕްރޮގްރާމްގެ ދަށުން އެހެންވީމާ، ރޭޑިޔޯ މެދުވެރިކޮށް ތަޢްލީމު ފެތުރުމުގެ މަސައްކަތް ވަރަށްވެސް ފުޅާ ދާއިރާއެއްގައި އޮތީ ފެށިފައި. އެއާ ގުޅިގެން މި ޕްރޮގްރާމްތައް ތަރައްޤީކޮށް އަދި އެކަމުގެ ހުނަރުތައް ދިވެހިންގެ މުދައްރިސުންނަށާއި އަދި މުދައްރިސުން ތަމްރީނު ކުރާ ފަރާތްތަކަށް ދެމުން ގެންދެވުނު. އާދެ! މިއަދުވެސް އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އަދިވެސް "މުދައްރިސުންގެ ދުނިޔެ" ޕްރޮގްރާމްތައް ހިނގަމުންދާކަން. އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ މެދުވެރިވެގެން މިޕްރޮގްރާމް ހިނގަމުންދާކަން އެއީ، އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރާ ކަމެއް.

އާދެ، މިއަދު މިއީ، އަނެއްކާވެސް ދިވެހިރާއްޖޭގެ ތަޢްލީމުގެ ތަރއްޤީގެ ތާރީޚުގައި ވަރަށްވެސް ކުލަގަދަ ލަނޑުދަނޑިއެއް ކަޑައްތު ކުރެވޭ ދުވަހެއް. އެއީ، އިންޓަރނެޓް މެދުވެރިކޮށް ރޭޑިޔޯ ރާއްޖޭގެ ކަންކޮޅުތަކަށް އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ދިވެހިރާއްޖޭގެ ތަޢްލީމު، ރޭޑިޔޯއިން ފޮނުވަން ފެށުމުގެ މަޝްރޫޢު އިފްތިތާޙް ކުރުން.

އާދެ! އިންޓަރނެޓްގެ ޒަރީޢާއިން ރޭޑިޔޯ ސްޓޭޝަން މިހާރު ހިނގަމުންދާތާ އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް ވިއްސަކަށް އަހަރު ވެއްޖެޔޭ. އެހެންވީމާ، މިއީ، އަދި އެހާ ގިނަދުވަސްވީ ޓެކްނޯލޮޖީއެއް ނޫން. އެހެންނަމަވެސް، އެތަކެއްހާސް ރޭޑިޔޯ ސްޓޭޝަން މިހާރު އިންޓަރނެޓް މެދުވެރިކޮށް ހިނގަމުން އެބަގެންދޭ. އަދި ތަޢްލީމާބެހޭ ޚާއްޞަ ރޭޑިޔޯ ސްޓޭޝަންތައްވެސް އުފެދިގެން ދުނިޔޭގެ ފެންވަރުގައި މިހާރު ބްރޯޑްކާސްޓް ކުރެވެމުންދޭ.

ދިވެހިރާއްޖެއިން އަޅުގަނޑުމެން މިއަދު މިއުފައްދާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ކިތަންމެ ކަމެއްގެ މައްޗަށް ބިނާވެފައި އެބައޮވޭ. އެއްކަމަކީ، މިޕްރޮގްރާމްތައް ރަނގަޅު، ޝައުޤުވެރިވާ ގޮތަކަށް އުފެއްދިގެން ފޮނުވަން ފެށުން. އަނެއްކަމަކީ، މީގެ ޓެކްނޯލޮޖިކަލް ބައި. މި އިންޓަރނެޓް ރޭޑިޔޯ ބިނާވެފައި މިއޮތީ އިންޓަރނެޓްގެ މައިކަށީގެ މައްޗަށް، ބިނާކުރެވޭ ޕްރޮގްރާމްތަކެއްގެ މައްޗަށް. އެހެންވީމާ، އިންޓަރނެޓްގެ ޚިދްމަތް ރާއްޖޭގައި ދޭ ފަރާތްތަކުން އެ ޚިދްމަތް ދެއްވާ ފެންވަރެއްގެ މައްޗަށް މި އިންޓަރނެޓްގެ ރޭޑިޔޯވެސް ބިނާވެފައި މިއޮންނަނީ. އިންޓަރނެޓް ރަނގަޅަށް ނުލިބޭ ތަންތަނަކަށް ރޭޑިޔޯއެއްވެސް ނުލިބޭނެ. އެހެންވީމާ، އިންޓަރނެޓްގެ ސަރވިސް ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ފަސޭހަކަމާއެކީ އަގުހެޔޮ ކަމާއެކީގައި ލިބޭނެގޮތް އިންތިޒާމު ކުރުމަކީ، މިރޭޑިޔޯ ކާމިޔާބު ކުރުމުގެ ވަރަށް މުހިންމު ކަމެއް.

އާދެ! މިޓެކްނޯލޮޖީގެ ބައި ހަމަޖެހުމަށްފަހުގައި ދެން ރޭޑިޔޯގެ ޕްރޮގްރާމްތައް ރަނގަޅަށް އުފެއްދިގެން ގަވާއިދުން ހިންގުން އެއީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެގޮތުން މިހާރު ރާއްޖޭގެ ވަރަށްގިނަ ސްކޫލްތަކުގައި ކޮމްޕިއުޓަރވެސް ހުރުމާއެކީގައި ސްކޫލްތަކުގައިވެސް ކުދިންނަށް މިރޭޑިޔޯ ޕްރޮގްރާމްތައް އަޑުއެހޭނޭ ވަސީލަތް މިހާރު އެބަހުރި. ވީމާ، މިއިން ފޮނުވާ ޕްރޮގްރާމްތަކަކީ އެއީ ތަފާތު ރޮނގުރޮނގުން ތަޢްލީމީ ޕްރޮގްރާމްތައް އުފެއްދިގެން ފޮނުވިދާނެ ޕްރޮގްރާމެއް. އެގޮތުން ކިޔަވާ ކުދިންނަށް ދޭނެ މަޢްލޫމާތަކާއި، އަދި ޓީޗަރުން ތަމްރީނު ކުރުމާއި، ޓީޗަރުންގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ފޮނުވަންޖެހޭ ޕްރޮގްރާމްތައް ފޮނުވުމަށްޓަކައި މީ ބޭނުން ކުރެވިދާނެ ޕްރޮގްރާމެއް. ބޭނުން ކުރެވިދާނެ ވަސީލަތެއް. އެހެންވީމާ، މިކަމަށްޓަކައި އަޅުގަނޑު އުންމީދު ކުރަން، އެކިފަރާތް ފަރާތުން އެހީވެވަޑައިގެންދެއްވައިގެން ދިވެހިރާއްޖޭގެ ތަޢްލީމު ކުރިއަރުވާ މަރުކަޒުގެ ޓީމަށް ބޭނުންވާ އެހީތެރިކަން ދީގެން އެޕްރޮގްރާމްތައް އުފައްދަވއި އަދި އެޕްރޮގްރާމްތައް ފޮނުވަމުން ގެންދަވާނެކަމަށް. ޚާއްޞަ ގޮތެއްގައި އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން، މިޕްރޮގްރާމް ހިންގުމަށްޓަކައި ބޭނުންވާ ޕްރޮގްރާމުގެ އެހީ، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީގެ އެހީތެރިކަމާއެކީގައި އުފެދިގެންދާނެ ކަމަށް.

އަޅުގަނޑަށް އެނގޭ މިމަޝްރޫޢަކީ، މިހާރު ދުވަސްކޮޅެއް ވަންދެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ރާއްވަވައިގެން ކާމިޔާބު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕްރޮގްރާމެއް. ކޮމަންވެލްތް އޮފް ލަރނިންގއާ ގުޅިގެން. އެހެންވީމާ، އެމަސައްކަތުގައި ޚާއްޞަ ގޮތެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރައްވާފައިވާ މަސައްކަތަށް އަޅުގަނޑު ތަޢުރީފާއެކީ ޝުކުރު ދަންނަވަން.

ދެން މިތަނަށް ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރިންނަށް އަޅުގަނޑު އެއްޗެއް ދަންނަވާލާނަން.

The President of Commonwealth of Learning, Sir John Daniel; President of the Open University, Malaysia, Tan Sri Anwar Ali; and the Director of the CEMCA; Excellencies; Ambassadors; High commissioners; Ladies and Gentlemen:

This for us is a historic occasion to be inaugurating the first educational Internet video in the Maldives. We are very grateful for your support, especially from Commonwealth of Learning and from CEMCA. And also from the Open University for the support you have given to this project. I know that a program like this has the benefit from experience that already exists. We don’t have to reinvent the view. Many programs that we have in the Open University may be relevant for our teachers, teacher educators and students.

I would also like to acknowledge the Open University Bangladesh. We are also optimistic that we will be able to benefit from similar programs in other countries, especially India which already has a fairly wide network of Open University programs.

We began distance learning, specifically in Educational Radio, over 30 years ago with support from UNESCO UNICEF, UNDP and so on, as far as the educational developmental projects in mid seventies. And since then we have programs aimed at teachers and also to the community at large. These programs have continued. Many people have benefited from them. We have created radio learning groups in all the islands and they had regular feedback to improve the programs. They are in demand and that’s why the programs have continued over 30 years already. The Teachers’ World is one particularly useful program that has helped to continuously update and upgrade teachers in the country.

We are optimistic that the new technology, the web based educational programs will now add on to the distant programs and will help to further strengthen especially teacher development programs., but also reaching directly into classrooms for primary and secondary levels. But the opportunity for this is even larger, I would think, at higher education levels with most of the students in Maldives having the possibility of excess to university education through the Internet.

I am glad that some of these programs have already started in collaboration with the Open University, Malaysia. And we hope that the programs will further strengthen because of the introduction of the I-Radio.

I wish the very best for this program and that you will be rest assured that the government will continue to provide all the support that is necessary to continue this program.

Once again thank you all for your continued support and for participating in this inauguration.

Thank you very much.