بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން، އެހެނިހެން ވަޒީރުން، ޝްރީ އެޑިޔުކޭޝަންގެ އިސް ބޭފުޅުން، އިންޑިޔާގެ ހައިކޮމިޝަނަރ، އަދި މިއަދުގެ މިޖަލްސާއަށް ވަޑައިގެންތިއްބެވި އެންމެ ބޭފުޅުން،

السّـلام عليـكم

މި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް ދިނުން. އެކަން އެހެން ކުރުމަށްޓަކައި ސަރުކާރުން ވިސްނުންތަކެއް އެކަށައަޅައި، މިއަދު މިގެންދަނީ އެވިސްނުންތައް ތަންފީޒުކުރަމުން.

އަޅުގަނޑުމެންނަށް ފާހަގަވެފައިވާ ގޮތުގައި މިއަދު ސަރުކާރުން ތަޢްލީމަށް ކޮންމެ ދަރިވަރަކަށް، ކޮންމެ މަހަކަށް މަދުވެގެން 1250 ރުފިޔާ އެބަ ޚަރަދުކުރޭ. އަޅުގަނޑުމެންގެ އަމާޒަކީ ދަރިވަރުންނަށް އެކުރާ ޚަރަދު މިއަންނަ އަހަރު އެއަށްވުރެ ބޮޑުވުން. 1250 ރުފިޔާގެ ބަދަލުގައި މަދުވެގެން 1600 ރުފިޔާ މިއަންނައަހަރު ދަރިވަރުންނަށް ޚަރަދުކުރެވޭގޮތްވުން. އެކަން އެހެން ހެދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، މިހާރު މިތިބި 75000 ކިޔަވާ ކުދިންނަށް ސަރުކާރުން ކުރަމުންގެންދާ ޚަރަދު ބަދަލުކޮށްލުން. އަޅުގަނޑުމެން މިދެކެނީ، މި 75000 ކުދިންގެ ތެރެއިން، މަދުވެގެން 20 ޕަސެންޓް ކުދިންނަކީ ޙަޤިޤަތުގައި އަމިއްލަ ތަޢްލީމަކަށް އެދޭނެ އަދި ފީދައްކާ ތަޢްލީމަކަށް ބަދަލުވާނެ، ބަދަލުވާން ބޭނުންވާ ދަރިވަރުންނޭ. އެހެން އަޅުގަނޑުމެންނަށް އެކަން ކުރެވުނީމާ، ސަރުކާރުން ތަޢްލީމަށް ކުރާ ޚަރަދު، ދަރިވަރަކަށްޖެހޭ ޚަރަދު އެތައްތަނަކުން ރަނގަޅުވެގެންދާނެ.

އަޅުގަނޑުމެން މިދެންނެވި އަމާޒު، މިދެންނެވި މަޤްޞަދު ޙާޞިލް ކުރުމަށްޓަކއި، މިބާވަތުގެ 10 – 15 ސްކޫލް އެބަ އުފައްދާންޖެހޭ. މިއަދު އަޅުގަނޑުމެންނަށް އޭގެ އެއް މަދަރުސާ މިފެށެނީ. މިމަދަރުސާ ފެށޭއިރުގައި އަޅުގަނޑުމެންނަށް 1550 ކުދިންނަށް މި ތަޢްލީމު، މަތީފެންވަރުގެ ރަނގަޅު ތަޢްލީމެއް އެބަ ދޭންފެށޭ. އަޅުގަނޑުމެންގެ އަމާޒަކީ، މިބާވަތުގެ މަދަރުސާތައް އިތުރުކުރަމުން ގެންދިއުން. އިތުރުކުރަމުންގެންދިޔަ މިންވަރަކުން އަޅުގަނޑުމެންނަށް ދަރިވަރުންނަށް ކުރެވޭ ޚަރަދު އެތައް ގުނައަކުން، އެތައްތަނަކުން ރަނގަޅުވެގެންދާނެ.

އަޅުގަނޑުދެކެނީ، މި ޣިޔާޘުއްދީން ސްކޫލްގެ 1550 ކުދިންނަށް ސަރުކާރުން ކުރަމުން އަންނަ ޚަރަދު މިއަންނަ އަހަރު ކުރަމުންގެންދާނެ. އަދި މިސްކޫލްގައި އެތިބި ހުރިހާ ކުދިންނަށްވެސް ސަރުކާރުން އެކުދިންގެ ގްރޭޑް7 ގެ ތަޢްލީމު ނިމެންދެން، މިހާރުވެސް ކުރަމުން މިގެންދާ އުޞޫލުން އެ ޚަރަދު އެކުދިންނަށް ސަރުކާރުން ކުރަމުންގެންދާނެ. ސަރުކާރުގެ އަމާޒަކީ، ރަނގަޅު މަދަރުސާތަކެއް ރާއްޖޭގައި ހުރުން. ހަމައެކަނި މިހާރު ސިލޯނުގައި އެކަނި ރާއްޖޭގެ ދަރިވަރުން، ރަޖިސްޓަރީވެގެން ސެކެނޑްރީއާއި، ޕްރައިމަރީ ތަޢްލީމު ލިބިގަތުމަށްޓަކައި 1500 ކުދިން އެބައުޅޭ. ޓްރެވިންޑްރަމްގައި 1500 އަށްވުރެގިނަ. އަދި މެލޭޝިޔާގައި އެއަށްވުރެންވެސް ގިނަ. މުޅިޖުމްލަ، ރާއްޖެއިން ބޭރުގައި 5000 ދަރިވަރުންނަށްވުރެގިނަ ދަރިވަރުން ސެކަންޑަރީއާއި ޕްރައިމަރީ ތަޢްލީމު ޙާޞިލް ކުރަމުން އެބަދޭ. އެއިން ކޮންމެކުއްޖެއް، މަދުވެގެން 500 ޑޮލަރު މަހެއްގެމައްޗަށް އެބަ ޚަރަދުކުރޭ. ރާއްޖެއިންބޭރަށް، އަހަރެއްގެމައްޗަށް ފަންސާހަކަށް މިލިޔަން ޑޮލަރު ތަޢްލީމު ހޯދުމުގެބޭނުމުގައި ދަރިވަރުންނާއި މައިންބަފައިން ހޭދަކުރަމުން އެބަގެންދޭ.
އަޅުގަނޑުމެންގެ އަމާޒަކީ ދަރިވަރުންނަށްވެސް އަދި މައިންބަފައިންނަށްވެސް މާލޭގައި، ރާއްޖޭގައިތިބެގެން އެފެންވަރުގެ ތަޢްލީމެއް ލިބޭނެ، ތަޢްލީމީ ނިޒާމުގެ އޮނިގަނޑެއް ގާއިމުކުރުން. އަޅުގަނޑުމެންނަށް މިލިބޭ ފުރްޞަތަކީ، މިދެންނެވިފަދަ ރަނގަޅު މަދަރުސާއެއް ބިނާކުރުމުގެ ފުރުޞަތު. ޝްރީ އެޑިއުކޭޝަނަކީ، އިންޑިޔާގައި މިހާރު އެންމެ ނަންކިޔޭ އެއް ދެ މަދަރުސާއެއް ހިންގާ ކުންފުނި. އަދި އެކުންފުންޏަކީ ޢާއިލީގޮތުން ޒަމާންތަކެއްވަންދެން، އިންޑިޔާގައި ތަޢްލީމީ މައިދާނުގައި ޙަރަކާތްތެރިވަމުން އައިސްފައިވާ ޢާއިލާއެއް. އަޅުގަނޑުމެންނާ އެބޭފުޅުންނާ ބައްދަލުވީ މިއަހަރުގެ ކުރީކޮޅު. އެއިރުއްސުރެ ފަށައިގެން އަޅުގަނޑުމެން މަސައްކަތްކުރަމުން މިއައީ، ސަރުކާރުން މަސައްކަތްކުރަމުން މިއައީ، އެ މަދަރުސާއާ، އަދި އެބޭފުޅުންނާ އެކުގައި ރާއްޖޭގައި މަދަރުސާއެއް ހިންގޭނޭ އުޞޫލެއް ގާއިމުކުރުމަށް. މިއަދު އަޅުގަނޑުމެންނަށް މިފާހަގަ ކުރެވެނީ އެ އުފާވެރި ޙަފްލާ. އެކަން އަޅުގަނޑުމެންނަށް ކާމިޔާބުކޮށް ނިންމޭ ޙަފްލާ.

އަޅުގަނޑުމެންނަށް މިޙަފްލާ މިހާ އަވަސްގޮތެއްގައި ނުވަތަ މިއެގްރިމެންޓާ ހަމައަށް މިހާ ހަލުވިކަންމަތީގައި ދެވިފައި މިއޮތީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނީތީ. ޚާއްޞަކޮށް، ޕްރައިވަޓައިޒޭޝަން ކޮމެޓީގެފަރާތުން ހިންގަވާ މަސައްކަތް. އަދި ހަމަ އަމްދުން ޚާއްޞަކޮށް، އެޑިއުކޭޝަން މިނިސްޓަރ، އަދި އެޑިޔުކޭޝަން މިނިސްޓްރީގެފަރާތުން މިކަން ހަލުވިކަމާ އެކީގައި ކުރިޔަށްގެންދާން ތައްޔާރަށް ތިބީތީވެ. ހަމަ އެއާއެކީގައި، ޣީޔާޘުއްދީނުގެ ޕްރިންސިޕަލާއި އެ ސްކޫލްގެ ބޯޑު މިމަސައްކަތުގައި ވަރަށް އަވަދިނެތި މަސައްކަތްކުރައްވަމުން ގެންދެވީތީވެ، އަޅުގަނޑުމެންނަށް މިފަދަ ކާމިޔާބެއް މިއަދު މިހޯދެނީ.

އަޅުގަނޑުމެންގެ މިސަރުކާރުގެ އަމާޒަކީ، އިމްތިޙާނުގައި، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ މަދުވެގެން 60 ޕަސެންޓް ކުދިންނަށް "ސީ" ފާސް ލިބުން. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ، ބައިވެރިވާކުދިންގެ ގާތްގަނޑަކަށް 20 ޕަސެންޓް ކުދިންނަށް ނުވަތަ 15 ޕަސެންޓް ކުދިންނަށް "ސީ" ފާސް ލިބޭތަން. ފާސްވުމަށް މިއަދު މިހާރު އެބަކިޔާ "ޑީ" ފާހާ، "އީ" ފާސްވެސް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ފާސްވުމަށް ކިޔާފައި ވާނީ ސީ ފާސް. އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 70 ޕަސެންޓް ކުދިންނަށް "ސީ" ފާސް ލިބުން އެއީ، މިސަރުކާރުގެ އަމާޒަކީ. އަޅުގަނޑުމެންނަށް އެއްއަހަރު ނިމުނުއިރުގައި، މިދިޔަ އަހަރާ މިއަހަރާ އަޅުގަނޑުމެން އަޅާ ބަލާއިރު އަދި އަޅުގަނޑުމެންނަކަށް ކަނޑައެޅިގެނެއް ނަތީޖާއެއްނުލިބޭ. އިމްތިޙާނުގެ ނަތީޖާއެއްނުލިބޭ. އެހެންނަމަވެސް، އަޅުގަނޑުގެ ދަރިފުޅަށް ޓެސްޓުގެ ނަތީޖާ އިއްޔެގައި ލިބިއްޖެ. އަދި އަޅުގަނޑުދަންނަ ވަރަށްގިނަ މީހުންގެ ދަރިންނަށް ޓެސްޓުގެ ނަތީޖާ އިއްޔެގައިވަނީ ލިބިފައި.

އަޅުގަނޑު މިއަދު އަންނަންވާއިރަށް 30 މައިންބަފައިންނަށް ގުޅާލެވޭތޯ އަޅުގަނޑު ބެލިން. ކިހިނެއްތޯ މިފަހަރު ފޯމު ހުރީ. ކިހިނެއްތޯ މިފަހަރު ނަތީޖާ ހުރީ. މައްޗަންގޯޅިން ދެގެއަކުންނާ، މާފަންނުން ދެގެއަކުން އަޅުގަނޑު ކައިރީގައި ބުނި، އަޖައިބެއްފަދަ ކަމެއްވެސް މިފަހަރު ދިމާވެއްޖެއޭ، ތިމަންނަގެ ހަގު ގޮލާ ހަމަ ފާސްވެއްޖެއޭ ހުރިހާ އެއްޗަކުން. ދެން އަޅުގަނޑު ހިތަށްއެރި ހަމަ ހާދަ ރަނގަޅުތާއޭ. އަޅުގަނޑަށް ފެނުނީ އަޅުގަނޑުމެންނަށް މިއަހަރު މިގެންނެވުނު ބައެއް ބަދަލުތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނުކުމެގެން އަންނަތަން. ލިބެމުން އަންނަތަން. އަޅުގަނޑުމެންނަށް ސީދާ އެނަތީޖާ މިނާފައި އޭގެ ނަތީޖާ ނެރެވޭނީ އަޅުގަނޑުހިތުން އޯލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނީމާ. އެހެންނަމަވެސް، އަޅުގަނޑު ވަރަށް އިތުބާރާ އެކީގައި މިދަންނަވަނީ، އަޅުގަނޑަށް ހަމަގައިމުވެސް އަޅުގަނޑުގެ ދެކުދިން އަޅުގަނޑު ފޮނުވާ މަދަރުސާ، ތާޖުއްދީން ސްކޫލް އެސްކޫލް ކުރީއަހަރަށްވުރެ ތަންކޮޅެއް ފުކެއް ރަނގަޅުކަމަށް އަޅުގަނޑުގެކުދިން އެބަބުނޭ. އެހެންވީމާ، އަޅުގަނޑު އެހެންކުދިންނާވެސް ވާހަކަދައްކާ ހަދާލީމު. މީގެ އަޞްލު ނަތީޖާއެއް ލިބޭނީ ތަފާސްހިސާބު އަޅުގަނޑުމެން ރަނގަޅަށް ބެލީމާ.

އަޅުގަނޑުމެންނަށް މިނަތީޖާ ރަނގަޅުކުރުމަށް އަޅުގަނޑުމެން ހަމަ ދާއިރުގައި މިއަހަރު މި ނިމިދިޔަ އެއް އަހަރުގެތެރޭގައި އެ ނަތީޖާ ނެރުމަށް ކުރާންހުރި ކަންތައްތަކެއް އަޅުގަނޑުމެން ފާހަގަކުރީ. އޭގެތެރޭގައި އަޅުގަނޑުމެން ދުށީ، އެއް ދަންފަޅިއަށް މަދަރުސާތައް ހެދުން އެއީ މުހިންމުކަމެކޭ، ރަނގަޅު ނަތީޖާއެއް ދަރިވަރުން ހޯދާންވެއްޖެނަމަ. އަޅުގަނޑު ދަންނަވާނީ، އެޑިޔުކޭޝަން މިނިސްޓަރުގެ ކާމިޔާބު އަދި އެ މިނިސްޓްރީގެ ކާމިޔާބު އިންތިހާއަށް ރަނގަޅޭ. ރާއްޖޭގައި ދުއިސައްތަ ފަންސާހެއްހާ ސްކޫލް ހުރިއިރުގައި، ސަތޭކަ ސްކޫލް މިހާރުވަނީ އެއް ދަންފަޅިއަށް ބަދަލުކުރެވިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މަޢްލޫމާތު ލިބިފައިއޮތް ގޮތުގައި މާލޭގެ ދެ ސްކޫލެއް ނުވަތަ ތިން ސްކޫލެއް މިއަންނަ އަހަރު އެއް ދަންފަޅިއަށް ބަދަލުވެގެންދާނެ.

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާނީ، އެޑިޔުކޭޝަން މިނިސްޓްރީގެ މަސައްކަތް ވަރަށްފުރިހަމައޭ. މިއަހަރު އަޅުގަނޑުމެންނަށް ނިމުނުއިރުގައި އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ވުޒާރާތަކުގެތެރެއިން އެއްވަނަ ހޯދަނީ، އެޑިޔުކޭޝަން މިނިސްޓްރީކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގަނޑު މިހެން މިދެންނެވީ، މިދިޔައަހަރުގެ ޑިސެމްބަރުގައި އަޅުގަނޑު، ހަމަ އަޅުގަނޑުމެން މިސަރުކާރު ހިންގުމާ ޙަވާލުވިތަނާހެން ވަރަށްގިނަ ރަށްރަށަށް އެބުރުގައި އަޅުގަނޑުދިޔައިން. ވަރަށްގިނަ ރަށްރަށުގެ ވަރަށްބޮޑު ޝަކުވާއެއްގެގޮތުގައި އޭރުގައި އޮތް، ތަޢްލީމާގުޅޭ ކަންކަން. ބައެއްފަހަރަށް ޑެސްކް ނެތިގެން، އަނެއްބައިފަހަރަށް ބޯޑެއް ނެތިގެން، ޓީޗަރަކުނެތިގެން، ދަރިވަރަކު ނެތިގެން، އަދި މިހެންގޮސް އެ މަދަރުސާތަކާގުޅޭ ހަމަ އޮވެފައި ނެތް ހަމަ އެއްކަމެއްވެސް ނެތި އެބަހުރި. ނޫން، އަޅުގަނޑާ ދިމާވީ ރަކީދޫ މަދަރުސާއެއް، ދަރިވަރެއް ނެތިފައި. އަދި ހަމަ ލ.އަތޮޅުންވެސް މަދަރުސާއެއް ދަރިވަރެއް ނެތިފައި. ހަމަ ބޮޑު މަދަރުސާއެއް ރީތިކޮށް ހުއްޓާ. އެހެންވީމާ، އެތައްގިނަ ކިތަންމެ މައްސަލަތަކެއް ތަޢްލީމާގުޅޭގޮތުން އޭރުގައިއޮތް. އޭގެފަހުން އަޅުގަނޑު ޖޫން، ޖުލައި އަދި ފަހުން ސެޕްޓެމްބަރ ހިސާބުގައި ރަށްރަށަށް ދަތުރުކުރަން ފެށިއިރުގައި ތަޢްލީމާ ގުޅޭގޮތުން ކުރާ ޝަކުވާ މަދުވާންފަށައިފި. އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަދަރުސާތަކާގުޅޭގޮތުން އުފުލާ ޝަކުވާވެސް ކުޑަކުޑަކޮށް މަދުވާންފަށައިފި. އަޅުގަނޑަށް ހަމަ ފާހަގަވޭ، މިހާރު ވަރަށްބޮޑުތަން މަދަރުސާތަކާ ގުޅޭގޮތުން ކުރާ ޝަކުވާ މަދުވެފައިވާކަން.

އަޅުގަނޑު މިދަންނަވަނީ، އެއްވެސް ޙާލެއްގައި ހުރިހާކަމެއް އަޅުގަނޑުމެންނަށް ފުރިހަމަވެފައި ހުރިއްޔަކީއެއް ނޫނޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިދިޔަ އަހަރުދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އަޅުގަނޑުގެ ނަޒަރުގައި އެންމެރަނގަޅު އެއް ނަތީޖާއެއް ނުކުތް އެއްދާއިރާއަކީ ތަޢްލީމޭ. އެހެންވީމާ، އެކަމަށްޓަކައި ތަޢްލީމާބެހޭ ވަޒީރަށާއި އަދި އެވުޒާރާގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކުގައި ވަރަށްބޮޑަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ އަމާޒު ޙާޞިލްކުރުމަށް، އެއީ 60 ޕަސެންޓް ކުދިންނަށް "ސީ" ފާސް ހޯދައިދިނުމަށްޓަކައި ކުރަން މިޖެހޭ އެއްކަމަކީ، މިހާރު ތިބިކުދިންނަށް ކުރާ ޚަރަދު އިތުރު ކުރުން، އެޚަރަދު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެއްކަމަކީ ޚަރަދުކުރަންޖެހޭ ކުދިންގެ އަދަދު މަދުކުރުން. އެކުދިންގެ އަދަދު މަދުކުރުމަށްޓަކައި އެބަޖެހޭ، ފީދައްކާ މަދަރުސާތަކެއް އުފައްދަން. ޣިޔާޘުއްދީން ސްކޫލަކީ އެގޮތުން އުފެއްދުނު ފީދައްކާ ފުރަތަމަ މަދަރުސާ. މިމަދަރުސާ އަޅުގަނޑަށް ޔަޤީން، ވެގެންދާނެ، ބައިނަލްއަޤްވާމީ ފެންވަރުގެ މަދަރުސާއަކަށް. މިމަދަރުސާގެ ނަން އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލަށް ބަދަލުވެގެންދާނެ. އަޅުގަނޑަށް ލަފާކުރެވެނީ ސިލޯނުގައިވެސް އަދި ސިންގަޕޫރުގައިވެސް މެލޭޝިޔާގައިވެސް ހުންނަ ރަނގަޅު މަދަރުސާއަކަށްވުރެ، މިމަދަރުސާ ރަނގަޅުވާނެ. އަދި އަޅުގަނޑު ވަރަށް އުފާވޭ، މިމަދަރުސާ މިހުރިތަނުން. މައްޗަންގޯޅީ އެ ސަރަޙައްދަކީ، ހިލޭ ތަޢްލީމެއް ކޮންމެހެންބޭނުންވާ ސަރަޙައްދެއް. އަޅުގަނޑުގެ ހަމަ ހިތުގައިއޮތީ، އަޅުގަނޑު އަބަދުވެސް ދެކިހުރީ އެކުދިންނަށް މިފުރްޞަތު، މައްޗަންގޯޅި 1500 ކުދިންނަށް އެބަ ލިބޭ. ދުނިޔޭގެ އެންމެމަތީ ތަޢްލީމު ލިބޭނެ ފުރްޞަތެއް، މިފަހަރު މިލިބެނީ.

އެހެންވީމާ، އަޅުގަނޑު ދެކެން އެކުދިންނަށް އެ 1500، މާލޭގެ އެސަރަޙައްދުގެ އެއުޅޭ ކުދިންކޮޅަށް މި ފުރްޞަތު ލިބުނީމާ އަޅުގަނޑު ހަމަ ދެކެމޭ، މައްޗަންގޯޅިއާ އަދި މާލޭގެ އެސަރަޙައްދުވެސް އެތައްތަނަކުން ބަދަލުވެގެން ދާނެކަމަށް. އަޅުގަނޑުމެންގެތެރެއިން ގިނަ ޓީޗަރުންނާ އަދި ޕްރިންސިޕަލުންނަށް ވަރަށްސާފުކޮށް އެނގޭނެ، މާލޭގެ މަދަރުސާތަކުގައި މީގެ ފަނަރަވަރަކަށް އަހަރުކުރީގައި އުޅުނު ކުދިން މިހާރު އުޅެނީ ކޮންތާކުތޯ. މިހާރު އެހިސާބުގައި އެކުދިން ކުރަމުން ގެންދަނީ ކޮން ކަންތައްތަކެއްތޯ. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ އުންމީދަކީ ޣިޔާޘުއްދީން ސްކޫލްގައި މިހާރު މިއުޅޭ، މިހާރު އެ ކިޔަވަމުންދާ 1500 ކުދިންނަކީ މިރާއްޖޭގެ ކުޅަދާނަ 1500 ކުދިންނަށް ހެދުން. މިއޮތީ އަޅުގަނޑުމެންނަށް އެކަންކުރާނެ ފުރްޞަތެއް މިފަހަރު ލިބިފައި.

އަޅުގަނޑުމެންނަށް އިންޑިޔާއާއެކުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕެއް އުފައްދައި ދިއުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، 1990 ގެ އަހަރުތަކުގައި އިންޑިޔާއަކީ މިބާވަތުގެ ހިންގުމަށް އެންމެ ފުރަތަމަ އަދި އެންމެ ބާރަށް ނުކުމެގަތް ޤައުމު. އެނގިވަޑައިގަންނަވާނެ، 1990 ގެ ކުރީގައި ރަޖީވްގާނދީގެ ޒަޢާމަތުގެ ކުރީގައި އިންޑިޔާގައި ހިންގަމުންއައީ، ވަރަށްބޮޑަށް ލޭންޑް ސަރުކާރުން ކަންކަންހިންގާގޮތަކަށް، އުޞޫލަކަށް ކަންކަން ކުރަމުން ގެންދިޔައީ. އިންޑިޔާ ބަދަލުވުމަށް، ކުރިއަރާދިއުމަށް އިންޑިޔާއިން ބޭނުންވީ، އެހެންގޮތަކަށް އިންޑިޔާގެ ހިންގުން ބަދަލުކުރުމަށް. އެއިރުގައި 1990 ގެ އަހަރުތަކުގައި އެމަސައްކަތް އިންޑިޔާގައި ފަށައިގަނެވުނީ. އިންޑިޔާއަކީ ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އެންމެ ކުރިއަރާވާ، އަދި އެންމެ އެކަމަށް ޤާބިލް އެންމެ ތަޖްރިބާ ލިބިފައިވާ ޤައުމު. އެހެންވީމާ، އަޅުގަނޑުމެންނަށް އިންޑިޔާއާ އެކުގައި މިކަންކުރަން ލިބޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ނަޞީބެއް. އަޅުގަނޑުމެންނަށް ލިބޭ ފުރްޞަތެއް.


I would like to thank Shri Education and your family. I met your father in December in the Maldives and we had an intense conversation. He felt that it was important that they, the Shri Education group come to the Maldives and try their hand at developing a good school here.

We are happy that it has come to become a reality today. As you have pointed out the whole process of it was very swift, this was because of number of people working very hard getting at this result. I would, in this regard, like to thank the Indian High Commissioner who has been assisting the government intensely and at times probably more than his own share of work that he has to do in diplomacy.

I would also like to thank the Education Minister, who has always seen the light, who has always seen the bigger picture, and who has always wanted to move towards new things, new forms. I congratulate the Education Minister for having the faith and for pushing towards this agreement. The Education ministry, as well, all the staff of the ministry, as well, has been very cooperative; they have also assisted the minister to deliver this beautiful result, today.

I would like to also thank Giyasuddin School and its Board who has been again being working endlessly to get this project going. I understand and I believe that they are very happy that this has happened today.

All in all, it’s a happy day, as it also happens most school children are getting there report card today, or at least some of them are getting exam sheets today. So here is an opportunity for us to give our selves a marks sheet, a report card. So I thought during the last year the Education ministry performed to get an A report, and therefore thank you very much.