އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތް ކުރަމުންނޭ މިދަނީ ކޮންމެ ހަފްތާއަކުވެސް މާލެއިން ބޭރުގައ އުޅެވޭތޯ. ދެން އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އަޅުގަނޑުގެ ވާޖިބެއް ރައްޔިތުން އުޅެމުންދާ ގޮތާ އަދި ރައްޔިތުންގެ ޝަކުވާތަކާ ރައްޔިތުންގެ ބޭނުންތަކާ މިކަންކަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. މައިގަނޑު ބޭނުމަކީ އެއީ.

ޢަބްދުއްލަޠީފް އާދަމް މިއަދު ނޫސް

އަޅުގަނޑު ލަޠީފް އިނގޭތޯ. މިހާރު ވަރަށްފަހުން ސިވިލް ސަރވިސްއިން އެބައޮވޭ ބަޔާނެއް ނެރުއްވާފައި. ކުރީގައި ޑީ.އާރު.ޕީ.އިންވެސް ދެއްކި ވާހަކަތައް އެއީ. އެ ބަޔާނަށް އަދި ސަރުކާރުން އެއްވެސް ރައްދެއް ދެއްވާފައެއްނެތް. މަނިކުފާނު ތިޔަފުރާވަޑައިގަންނަވަނީ. މިއަށް ކޮންމެވެސް އެއްޗެއް ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އިންތިޚާބަށް ނުފޫޒު ފޯރުވަމުން މީގެކުރީގައި އައީ. ކަނޑައެޅިގެން ވޯޓު ގުނުމުގައި އޮޅުވާލައިގެން ވޯޓުލިޔަނުދިނުމުގަޔާއި ވޯޓު ފޮށި ބަދަލުކުރުމުގަޔާއި ބޭނުންހާ ގޮތަކަށް ވޯޓު ފޮށްޓަށް ވޯޓު ލުމުގަޔާއި މިކަންކަމުގައި. ހުވަފެނެއްގައިވެސް އެބާވަތުގެ ކަމެއް ކުރާކަށް އަޅުގަނޑުމެން ހިތަކަށްނާރާ. އަޅުގަނޑުމެންނެއް ކުރާނެ ކަންތައްތަކެއްނޫން އެއީކީއެއް އަދި ވިސްނާނެ ކަންތައްތަކެއްވެސް ނޫން. އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން މިރާއްޖޭގައި އިރާދަކުރެއްވިއްޔާ ދެން ހިނގާނީ މިނިވަން އިންތިޚާބޭ. އަޅުގަނޑު މިދައްކާ ވާހަކައަކީ ސިޔާސީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ދަށުން ރާއްޖޭގެ ސިޔާސީ ކަންކަން ހިނގަމުން އަންނައިރުގައި ސިޔާސީޕާޓީތަކުން އިންތިޚާބުތަކާ ބެހޭނެއޭ. އިންތިޚާބުތައް ހިންގުމަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެއޭ. އަޅުގަނޑަކީ ސިޔާސީޕާޓީއެއްގެ މެންބަރެކޭ އަދި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިންތިޚާބުވެފައި މިހުރީ ސިޔާސީޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންނޭ. އެހެންވީމާ، އަޅުގަނޑު އެކަންކަމާ ބެހޭނެއޭ. ދެން އަޅުގަނޑެއް އަދި ނުދެކެން ސިވިލްސަރވިސްގެ ބަޔާނެއް. ދެން އަޅުގަނޑު އުންމީދު ކުރަން ކޮންމެ މުއައްސަސާއަކުން ބަޔާނެއް ނެރުއްވި ކަމުގައިވިޔަސްވެސް ކަމުގެ ހުރިހާ ޙަޤީޤަތަކަށް ބައްލަވާފައި ކަމަށް ބަޔާންތައް ނެރުއްވަމުން ގެންދަވާނީ.

ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ.