بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އާދެ! އަޅުގަނޑަށްވެސް އެނގޭ، ގާތްގަނޑަކަށް ރަނގަޅު 400 އަހަރަށްފަހު އަލުން ދުވާފަރުގައި މީހުން އުޅެން މި ފަށަނީ. ދުވާފަރުގައި މިފަހަރު މީހުން އުޅެން ދިމާވެފައި މިއޮތީ ވަރަށް ހިތާމަވެރި ޙާދިސާއަކަށްފަހު. ރާއްޖޭގައި އެންމެބޮޑުކޮށް، އެންމެ ތަނަވަސް، އެންމެ މަސައްކަތްތެރި، އެންމެ ހީވާގި ރައްޔިތަކު ދިރިއުޅެމުން އައި އެއް ރަށް އެއީ، ރ. އަތޮޅު ކަނދޮޅުދޫ. ކަނދޮޅުދޫ ބޮޑުވަމުން ބޮޑުވަމުން އައިސް، 4000 އަށްވުރެ ގިނަ މީހުން ކަނދޮޅުދޫގައިވީ ފަހުން، ސުނާމީގެ ޙާދިސާ އަޅުގަނޑުމެންނާ ދިމާވީ. އެއަށްފަހު، ކަނދޮޅުދޫ ރައްޔިތުން ފުރަތަމަ ވިސްނި ވިސްނުމުގައި އެންމެ އެކަށީގެންވާ ރަށް ކަމަށް ދުވާފަރު ފެނިފައެއް ނެތް. އަޅުގަނޑަށް އެކަން އޭރުއްސުރެވެސް ފާހަގަވެފައިވޭ. ބައެއް ބޭފުޅުން ދުވާފަރާ ދޭތެރޭގައި ޚިޔާލުވެސް ތަފާތު.

އެހެން ނަމަވެސް، މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި މިއޮތީ ހަމަ ވަރަށް ރަނގަޅު ފެށުމެއް ގޮތުގައި ފަށައިގަނެވެން އޮތް ރަށެއް. މި ރަށް ތަރައްޤީ ކުރުމަށާއި ކުރިއެރުވުމަށާއި މިހުރިހާ ކަމަކަށް ސަރުކާރުން ވީމިންވަރަކަށް ރައްޔިތުންނަށް އަޅުގަނޑުމެން އެހީތެރިވެދޭނަން. މިހާރު އަދި ހެދިފައި މިވަނީ ހަމައެކަނި ގެތައް. އަދި ކުރެވިފައިވަނީ ބައެއް ބައެއް ކަންކަން. ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. ފެނާއި އަދި ކުނި ނައްތާލެވޭނެ ގޮތަކާއި، ކުނި އެއްކުރެވޭނެ ގޮތަކާއި، ފިހާރައާއި، ވިޔަފާރީގެ ކަންތައްތައް ހިންގޭނެ ގޮތާއި، ބަނދަރާއި، ޖެޓީ، ޚާއްޞަކޮށް ބަނދަރު ހަދަންޖެހޭ. ބަނދަރު ނެތީސް ކަނދޮޅުދޫ މީހުންނަށް މިރަށުގެ މާބޮޑު ބޭނުމެއް ނުކުރެވޭނެކަން އަޅުގަނޑަށް އެނގޭ. ކަނދޮޅުދޫ މީހުންނަކީ މަސްވެރިން. އެމީހުންގެ ބޮޑެތި ދޯނިފަހަރު ބެހެއްޓޭނެ ތަނެއް، ބަނދަރު ކުރެވޭނެ ގޮތެއް ނެތް. ކަނދޮޅުދޫ މީހުންނަށް ދަތިވާނެކަންވެސް އަޅުގަނޑަށް އެނގޭ. އެހެންވީމާ، ވީހާވެސް އަވަހަކަށް އެކަންކަންވޭތޯ ބަލާނީ.

އޭގެއިތުރުން، މިރަށުގައި ރަނގަޅު ވެރިކަމުގެ ނިޒާމެއް ޤާއިމު ކުރުމަށް މިއީ އަޅުގަނޑުމެންނަށް ލިބޭ ފުރްޞަތެއް. ރަށްރަށް ބަދަލުވާއިރުގައި، އަޅުގަނޑުމެން މި ބަދަލުކުރަނީ އެރަށްރަށުގެ މަގުތަކާއި ނަރުދަމާއާއި ނުވަތަ ގެދޮރު ހަދާފައި. މިކިޔާ ޢުމްރާނީ ތަރައްޤީއެއްގެ ގޮތުގައި ބޭނުންވާ ކަންކަން ކޮށްފައި.

އޭގެއިތުރުން، ރަށެއްގެ ރައްޔިތަކު ތަރައްޤީވެދާން އަޅުގަނޑަށް ފެންނަ ފެނުމުގައި މާ މުހިންމު ބޭނުމެއް، ބޭނުންތެރި އެހެން ނިޒާމެއް އެބައޮވޭ. އެއީ ވެރިކަން ހިންގުމުގެ ނިޒާމު، ހެޔޮގޮތުގައި ވެރިކަން ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުން. އެހެންވީމާ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި މިކަމަށް އެބަ ފުރްޞަތުދޭ. މުނިސިޕަލް ކައުންސިލްތަކާއި، ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް މިފުރްޞަތު ދޭއިރު، މިކަހަލަ ބޮޑު ރަށަކަށް ވެގެންދާނެގޮތް، އެއީ ޙަޤީޤަތުގައި އެރަށުގެ ރައްޔިތުން ނިންމަންޖެހޭނެ ނިންމުމެއް.

އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، ރަށް ފަށައިގަނެވޭއިރުގައި، ރައްޔިތުންނަށް ރަނގަޅަށް ބައިވެރިވެވިގެން، ރައްޔިތުންނަށް ރައްޔިތުންގެ ކަންކަމާ މަޝްވަރާ ކުރެވިގެން، ނިމިގެން ކުރިއަށްދާނެ ވެރިކަމުގެ ނިޒާމަކާ އެކީގައި ރަށަށް ބަދަލުވެވޭނެ ގޮތެއްވޭތޯ ބެލުން. ބަދަލުވުމުގެ ކުރީގައި އެކަންކަން ކުރުމަށް މިހާރު ކުޑަ ތަންކޮޅެއް ލަސްވެއްޖެ. އެހެން ނަމަވެސް ވީހާވެސް އަވަހަކަށް ކޮންމެވެސް ކަހަލަ ގޮތަކުން ރައްޔިތުންނާ މަޝްވަރާ ކުރެވޭނެ އަދި ރައްޔިތުންނަށް އިރުޝާދު ދެވޭނެ، ރައްޔިތުންގެ އިޙްސާސްތައް ހާމަކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަޖެހޭ ފުރިހަމަކުރަން.

ރެޑްކްރޮސްއަށް ނިހާޔަތަށް އަޅުގަނޑުމެން ޝުކުރުވެރިވަން، ރާއްޖޭގެ ރައްޔިތުންނަށް ރެޑްކްރޮސް ޖަމާޢަތުން މިކޮށްދެއްވިހާ މަސައްކަތަށް. ސުނާމީއަށްފަހު މެދުނުކެނޑި ކެނޑިނޭޅި އެބޭފުޅުންނަށް ކުރިމަތިވި އެކިއެކި ދަތިތަކުގައި ތިޔަބޭފުޅުންގެ ބޮޑާހޭކުން، އެބޭފުޅުން ބައްލަވަންވީ އެއްވެސް ސަބަބެއް ޙަޤީޤަތުގައި ނެތް. ޙަޤީޤަތުގައި ކަނދޮޅުދޫ މީހުން، ނުވަތަ މާލޭ މީހުން ހާކާ ބޮޑާ، ނުވަތަ ތުޅާދޫ މީހުން ހާކާ ބޮޑާ، ނުވަތަ ހަތިފުށީ މީހުން ދައްކާ ވާހަކަ. އެމީހުން މިތަނަށް އައިސް ތިބެ، 39 މިލިޔަން ޑޮލަރުދީގެން، އެމީހުން އެކަން ބަލަހައްޓައިގެން ތަޙައްމަލްކޮށްގެން ތިބެންވީ ހަމަ އެއްވެސް ސަބަބެއް ޙަޤީޤަތުގައި ނެތް، އިންސާނިއްޔަތަށް އެމީހުން އެކުރާ މަސައްކަތް ފިޔަވައި. އެހެންވީމާ، އެބޭފުޅުންގެ ކެތްތެރިކަމަށްޓަކައިވެސް އެބޭފުޅުން ދިވެހިންނާ އެކީގައި މިހާ ގިނަ ދުވަހު ކެތް ކުރައްވައިގެން އައިސް، މި މިންވަރަށް މިކަންކަންކޮށް ނިންމަވައިދެއްވި ކަމަށްޓަކައި، އަޅުގަނޑުމެން އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

I would like to thank the Red Cross for being extremely patient with the people of the Maldives. We understand that you have gone through many hurdles, difficulties, challenges. But you’ve borne it with us. You have stayed with us. And I’m extremely grateful that you have done this to the people of the Maldives. And we will always remember that and I hope that the people of Dhuvaafaru will always remember that.

Perhaps you might not have realized but this is not the first time that people would be living on this island. People did live on Dhuvaafaru some 450 years ago. And it has a lot of connotations, connections with our history, And one of the biggest islands and one of the most prosperous islands of the Maldives are now being transferred or being replaced here in Dhuvaafaru. And we hope that it will improve. Also we hope that you would further engage with the people of Dhuvaafaru in building a good governance system for the island. We are, as I can say, very grateful for the motor, for the bricks, for the pipe lines for the water and everything. But so often we will only be able to use these facilities if we are able to govern properly for the people. And therefore, I believe this is an opportune moment for us to come out with a proper governing system, or at least come out with the skeleton of a governing system. We will soon have Villufushi in the South, and we are also going through the process of decentralization and we would want to connect these newly built habited islands through this decentralising system that we envisage.

So again thank you very much!

އަޅުގަނޑުމެން އެންމެން ވެގެން މިކަން ކުރެވޭތޯ ބަލާނީ. ސްޓޭޓް މިނިސްޓަރ ފޮރ ހޯމްއެފެއާޒް ހަމަ ތަކުރާރުކޮށް އެބަ ވިދާޅުވޭ، މިއަދުން ފެށިގެން ރ. އަތޮޅު ދުވާފަރަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އަޅުގަނޑު ކަނޑައަޅައި، އެކަން ޢާންމުކޮށް އަންގައި އިޢްލާނު ކުރަން.

ވަރަށްބޮޑަށް ޝުކުރިއްޔާ! اَلحَمْـدُ لِلّـهِ.