ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދީނީ އިރުޝާދުތައް ދެއްވުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުގެ އިދާރާއަކުން ނުވަތަ އެހެންވެސް ފަރާތަކުން ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ.

ވޭތުވެދިޔަ ތިރީހަކަށް އަހަރުތެރޭ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްވަމުން ގެންދަވާފައިވާ ދީނީ ނަސޭހަތްޕުޅުތަކާއި ތަޤްރީރުތަކަކީ ނުހަނު ޢިލްމީ އަދި މި ރާއްޖޭގެ ވަރަށްގިނަ ބަޔަކު ޒަމާނުއްސުރެ ޝައުޤުވެރިވެލައްވާ އަދި މަތިވެރި ތަރުޙީބެއް ދެއްވާފައިވާ ދަރުސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.