2008 ނޮވެމްބަރ 11 އަށް ދައުރު ހަމަވި ސަރުކާރުގެ އިސްބޭފުޅުންނާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނިސްބަތްވާ ގޮތަށް މަލާމާތާއި ފުރައްސާރައިގެ ބަސްތައް ހިމަނުއްވައިގެން ޅެން ފަރިހި އަދި ލަވަ ހަދައި، ޢާންމު ތަންތާނގައި އަޑުގަދަކުރާ ބޭނުންކޮށްގެން ޖަހަމުން ގެންދިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ.

އަދި އެމް.ޑީ.ޕީ އިއްތިހާދުގެ ލީޑަރުންނަށް ތަރުޙީބު ދެއްވުމުގެ ގޮތުން ޅެން ފަރިހި ސަނާ އާއި ލަވަ ހައްދަވައިގެން ޢާންމު ތަންތާނގައި އަޑުގަދަކުރާ ބޭނުންކޮށްގެން ޖަހަމުން ގެންދިޔުމަކީވެސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ.