ނައިޖީރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ އާދަމް ސަޢީދު ދައުރާ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ، ނައިޖީރިއާގެ އާ ސަފީރަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ނައިޖީރިއާއާ ދެޤައުމުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.