މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހިމް ދީދީ، އެ މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަގާމު ހުސްވެފައިވާތީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލްއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.