ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމަށް ހެންވޭރު ތަނޑިރަތްމާގޭ އަމީން ފައިޞަލް ޢައްޔަން ކުރައްވައިފިއެވެ. އަމީން ފައިޞަލް މި މަގާމަށް މި ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަގާމުން އެމަނިކުފާނު މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.