ރާއްޖޭގެ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

ރާއްޖޭގެ މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރެވެމުންދަނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، އެރަށުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.