މާދަމާއަކީ، ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމަށްވުމާއި އަދި މާދަމާއަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސްކަމަށްވުމާއެކު، މި ދެދުވަހުގެ މުހިންމު ކަމުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މަސްވެރިކަމަށް ގެންނަންޖެހިފައިވާ ބަދަލުތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާނެއެވެ. އަދި އިންސާނީ ޙައްޤުތައް ހޯއްދަވައިދެއްވުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.