ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވާފައެވެ. މިގޮތުން މިފަހުން އެ މަޤާމަށް ޢައްޔަނު ކުރެވުނު ބޭފުޅުންނަކީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއި، އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުއެވެ. އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢައްޔަނު ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުންނެވެ. އެއީ އަލަށް އުފައްދަވާ މަޤާމުތަކެއް ނޫނެވެ.
ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލަމެވެ.