އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިތާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދަކީ، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ދުވަހެވެ.

މާދަމާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި ރޭޑިޔޯ ޚިޠާބުގައި، އަންހެނުންނަށް އަނިޔާ ކުރުމުގެ ނޭއްގާނި ޢަމަލުތައް ރާއްޖޭގައިވެސް ހިނގަމުންދާތީ، އެކަމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.