އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ރައްޔިތުންނަށްދޭ ޚިދްމަތްތައް މިހާރަށްވުރެ ރަނގަޅު ކުރައްވައި، އެ ހޮސްޕިޓަލްގެ އެންމެހާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި، އެ ހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަންދޫބަކަށް ހެންވޭރު ހިކިފިނިފެންމާގޭ އަޙްމަދު ނަސީމް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އޭނާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.