ސަރުކާރުގެ އިދާރީ އޮނިގަނޑަށް، 2026 އެޕްރީލު 14ވަނަ ދުވަހާއި 15ވަނަ ދުވަހު، ބައެއް ބަދަލު ގެންނަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

      ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވައިފައިވާ ބަދަލުތައް، މި ދެންނެވުމާ އެކުގައި މިވަނީއެވެ.

އަލަށް އުފެއްދެވި ތަން:

1.  މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ނަން ބަދަލުކުރެއްވި ތަންތަން:

1. "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ"ގެ ނަން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ"ގެ ނަމަށް ބަދަލުކުރެއްވުން.

2.   "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ"ގެ ނަން، "މިނިސްޓްރީ އޮފް ފިނޭންސް  އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް"ގެ ނަމަށް ބަދަލުކުރެއްވުން.

3. "މިނިސްޓްރީ އޮފް އެޑިޔުކޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް"ގެ ނަމަށް ބަދަލުކުރެއްވުން.

4.  "މިނިސްޓްރީ އޮފް ހެލްތު"ގެ ނަން، "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ"ގެ ނަމަށް ބަދަލުކުރެއްވުން.

5.  "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް"ގެ ނަން، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް"ގެ ނަމަށް ބަދަލުކުރެއްވުން.

6.      "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް"ގެ ނަން، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް"ގެ ނަމަށް ބަދަލުކުރެއްވުން.

7.   "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަން، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން"ގެ ނަމަށް ބަދަލުކުރެއްވުން.

8.   "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް"ގެ ނަމަށް ބަދަލުކުރެއްވުން.

9.  "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް"ގެ ނަން، "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް"ގެ ނަމަށް ބަދަލުކުރެއްވުން.

10. "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ"ގެ ނަން، "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް"ގެ ނަމަށް ބަދަލުކުރެއްވުން.

އެއް އިދާރާގެ ދަށުން އަނެއް އިދާރާގެ ދަށަށް ބަދަލުކުރެއްވި ތަންތަން:

1.  މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "ނޭޝަނަލް ކެރިއަރސް ސަރވިސް"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.

2.  މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އާއި، "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"އާއި، "މޯލްޑިވްސް ޕޮލިޓެކްނިކް"، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރެއްވުން.

3.   މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ"އާއި، "ޢާއިލާތަކާއި ކުޑަކުދީންނަށް ޚިދުމަތްދޭ މަރުކަޒުތައް"އާއި، "އަމާންހިޔާތައް"އާއި، "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"އާއި، "އިސްރަށްވެހިންގެ ނާދީތައް"އާއި، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް"އާއި، އެ ސަރވިސްގެ ދަށުން ހިނގަމުންދިޔަ "ފިޔަވަތި"އާއި "އަމާންވެށިތައް"، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށަށް ބަދަލުކުރެއްވުން.

4.   މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުން.

5.      މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން"އާއި، "ޤައުމީ ކުތުބުޚާނާ"އާއި، "ޤައުމީ އަރުޝީފު"އާއި، "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް"އާއި، އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް އާޓް ގެލެރީ"، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން.

6. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް"އާއި "މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް"، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށަށް ބަދަލުކުރެއްވުން.

އުވައިލެއްވި ތަންތަން:

1.      މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

2.      މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

3.      މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

4.      މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

5.      މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް

 

        ސަރުކާރުގެ އިދާރީ އޮނިގަނޑަށް، 2026 އެޕްރީލު 15ވަނަ ދުވަހު، ގެންނަވައިފައިވާ ބަދަލުތައް، ތިރީގައި މިވަނީއެވެ.

1.   "މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް"ގެ ނަން، "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް"ގެ ނަމަށް ބަދަލުކުރެއްވުން.

2.     މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އުވައިލެއްވުން.

        ސަރުކާރުގެ އިދާރީ އޮނިގަނޑަށް މި ގެންނެވި ބަދަލުތަކަށް ފަހު، ސަރުކާރުގެ އިދާރީ އޮނިގަނޑު މިހާރު ހަމަޖެހިފައިވަނީ، ބަންޑާރަނައިބުގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ޑިފެންސް ހިމެނޭހެން، 15 ވުޒާރާގެ މައްޗަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.