އަންނަ ހޮނިހިރު ދުވަހު، މިމަހުގެ 27ވާ ހޮނިހިރު ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނެއެވެ. އެދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުއްވާ ގޮތަށް ހަމަޖެއްސެވީ، މިނޮވެމްބަރު މަހުގެ 14ވީ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމާ ގުޅިގެން، އެދުވަހުގެ ބަދަލުގައި މަސައްކަތް ކުރެއްވުމަށްޓަކައެވެ.