ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޓީމާއި، މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފައެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހުނު މިމެޗު، 5-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެމްޕިއަން ޓީމަށް، ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ޕްރެޒިޑެންޓްސް ކަޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ، މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ.