ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމަށް މައްޗަންގޮޅީ ބޯގަންވިލާ އިބްރާހީމް އިސްމާޢީލް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އިބްރާހީމް އިސްމާޢީލް، އެމަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް އެކި ދާއިރާތަކުގައި އިބްރާހީމް އިސްމާޢީލް ކޮށްދެއްވާފައިވާ ޚިދްމަތްތައް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ލުއިދެއްވުމަށް ބޭނުންވާ ސަރުކާރުގެ ގަވާއިދުތައް ބައްލަވައި، ރައްޔިތުންނަށް އެ ގަވާއިދުތައް ފަސޭހައިން ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކޮށްދެއްވުމަށް އިބްރާހީމް އިސްމާޢީލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.