بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـــلاة والسّـــلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދު މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރި މެހްމާނުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިއަދަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވިގެންދާނޭ ދުވަހެއް. އަދި މިއަދަކީ، ދިވެހި ޤައުމުގެ ޙަޔާތުގައި އަންނާނެ އެންމެ މުހިންމު އެއްދުވަސް. މިއަދަކީ، ސަތޭކައިންސަތޭކައަށް މުސްލިމުން ދިރިއުޅޭ އިސްލާމީ ދިވެހި އުއްމަތުގައި، އެންމެ ފުރަތަމަފަހަރަށް އިސްލާމީ މަރުކަޒެއް އިފްތިތާޙުކުރެވޭ ދުވަސް. އަދި އޭގެ ސަބަބުން ދިވެހި ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތުގެ ފާޅުކަން ކުރިއަށްވުރެވެސް ބޮޑުވެގެންދާ ދުވަސް.

މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މި މަތިވެރި އުފާ އަޅުގަނޑުމެންނަށް ޙާޞިލްކޮށްދެއްވި ކަމަށްޓަކައި، ގަދަކީރިތިވަންތަ اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރު ދެންނެވުން. އެކަލާނގެ ކައުކުރެއްވި މި އުއްމަތުގެ ސާހިބާ محمّد صلى اللّـه عليه وسلم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުން.

އަޅުގަނޑުމެންގެ ރާއްޖޭގެ 17 ވަނަ ޖުމްހޫރީ ދުވަހު، އަޅުގަނޑުމެންގެ އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން، އަޅުގަނޑުމެން މި ފާހަގަކުރާ މުހިންމު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި މިތަނަށް ވަޑައިގެން ތިއްބެވި ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރި މެހްމާނުން، އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް މަތިވެރި ޝަރަފެއް. ތިޔަބޭފުޅުން މިއަދު އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެންދެއްވިކަމީ، މި އިޙްތިފާލް ވަކިން އިތުރަށް ފުރިހަމަވެގެންދިޔަ ކަމެއް. އަދި އިސްލާމީ އުޚުވަތްތެރިކަމާއި އެއްބަނޑުއެއްބަފާކަން ބަދަހިވެގެންދިޔަ ކަމެއް. ތިޔަބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންދެއްވިކަމީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް ލިބުނު ވަރަށްވެސް މަތިވެރި ޤަދަރެއް. އެކަމަށްޓަކައި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނަމުގައާއި، ސަރުކާރުގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަނީ ވަރަށްވެސް ހޫނު މަރުޙަބާއެއް.

އާދެ، މިއަދު އަޅުގަނޑުމެން ލިޔަން މި ފަށަނީ ދިވެހި ތާރީޚުގެ އައު ޞަފްޙާއެއް. ޚާއްޞަކޮށް، ރާއްޖޭގެ އިސްލާމީ ތާރީޚުގެ އައު ފަތްފުށެއް. 800 އަހަރަށްވުރެ ގިނަ އަހަރު ރާއްޖޭގައި އިސްލާމްދީން ހިނގަމުން އައިސްފައިވި ކަމުގައިވިޔަސް، ރާއްޖޭގައި މިފަދަ އިސްލާމީ މަރުކަޒެއް ހުޅުވޭ މިއީ ފުރަތަމަފަހަރު.

މާލޭގައި މިފަދަ މަރުކަޒެއް ހުޅުވުމުގެ ޚިޔާލަކީ، އަޅުގަނޑު ރާއްޖޭގެ ވެރިކަމާ ހަވާލުވީއްސުރެ ކޮށްފައިވާ ޚިޔާލެއް. އަޅުގަނޑު އެގޮތަށް ޚިޔާލުކުރީ ދިވެހިރާއްޖެއަކީ، ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވާތީ. އެތާނގެ ވެރިކަން ކުރާ ރަށުގައި މިފަދަ ތަނެއް ހުރުމަކީ ކޮންމެހެން ބޭނުން ކަމެއްކަމުގައި ދެކޭތީ. އަދި އަޅުގަނޑުމެންގެ ރާއްޖެ އޮތް މަގާމުގެ ގޮތުން، އަޅުގަނޑުމެންގެ ދީނާއި ޘަޤާފަތު ރައްކާތެރި ކުރުމަށްޓަކައި މިފަދަ މަރުކަޒެއް ހުރުމުގެ ބޭނުންތެރިކަން ބޮޑުކަން އަޅުގަނޑަށް އިޙްސާސް ކުރެވިފައިވާތީ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ހުޅުވޭ މިފަދަ މަރުކަޒަކުން ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެއަށް ދެވޭ ޚިދުމަތްތަކުގެ އިތުރަށް، ރާއްޖޭގެ ފަރާތުން މުޅި އިސްލާމީ އުއްމަތަށް ޚިދުމަތް ކޮށްދެވޭނޭ މަގުތައް ތަނަވަސްވެގެންދާނޭ ކަމަށް އަޅުގަނޑަށް ވިސްނިފައިވާތީ.

ރާއްޖޭގައި އިސްލާމީ މަރުކަޒެއް ބިނަކުރުމުގެ ޚިޔާލު ކުރުމާއެކު، އެކަމަށްޓަކައި ޚާއްޞަ މަޝްރޫޢެއް ރާވައި، އެކުވެރި ޤައުމުތަކުން އެހީ ލިބޭތޯ އަޅުގަނޑު މަސައްކަތްކުރިން. اللّـه سبحانه وتعالى ގެ ރަޙްމަތްފުޅުން މި މަޝްރޫޢަށް އެކުވެރި ޤައުމުތަކުން ލިބެމުންދިޔައީ ވަރަށްވެސް މަތިވެރި އެހީތަކެއް. އެހާމެ ދީލަތި އެހީތަކެއް. އެ އެހީތައް އަޅުގަނޑުމެންނަށް ނުލިބުނުނަމަ، މިއަދު އަޅުގަނޑުމެން އެ މަރުކަޒަކަށްޓަކައި ފަޚުރުވެރިވާ މި އިސްލާމީ މަރުކަޒު ފެންނާކަށްނެތީސް. އެހެންކަމާއެކު، އެހީވެދެއްވި ފަރާތްތަކުގެ ނަންތައް ދަންނަވާނުލައި ކުރިއަށްދިޔުމަކީ، މި ފިޔަވަޅުމަތީގައި ވާހަކަދައްކާ މީހަކަށް މާފަސޭހަ ކަމެއް ނޫން.

މި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމަށް އެންމެ ފުރަތަމަ އެހީވެވަޑައިގެންދެއްވީ ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު جلالة المــلك فهد بن عبدالعــزيز، ނިގާރާ ބުރޫނާއީ دارالســــلامގެ ރަސްގެފާނު جلالة الملك حسن البلقيا ވެސް ވަރަށް ދީލަތި އެހީފުޅެއް ވެދެއްވި. އޭގެއިތުރަށް، ކުވައިތުގެ أميـــر الشّيخ جابر الأ حمد الصّباح، އަދި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސެރީ ޑޮކްޓަރ މަހާތީރު محمّد، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ رئيس الشيخ زايـــــد بن سلطان آل نهيـــان، މިޞްރުގެ رئـيـس السّيّد محمدحسنى مبارك، އަދި ޕާކިސްތާނުގެ ޕްރެޒިޑެންޓް ޖެނެރަލް محمدضياء الحقّ، އެބޭބޭފުޅުންގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަރަށް މަތިވެރި ދަރަޖައަކަށް އެހީތެރިވެވަޑައިގެން ދެއްވާފައިވޭ. އަދި މަރުކަޒުގެ ޢިމާރާތާބެހޭ އާރކިޓެކްޓް، މެލޭޝިޔާގެ މިސްޓަރ ހާޖީދާރް ބިން ޢަބްދުލްމަޖީދުވެސް ވަނީ އޭނާގެ ކޮންޓްރެކްޓް ފީގެ ތެރެއިން ބައެއް ހަދިޔާކުރުމުން މި މަރުކަޒުގެ މަޝްރޫޢަށް އެހީވެދެއްވާފައި.

މި ދެންނެވި ބޭބޭފުޅުންގެ ތެރެއިން ޑޮކްޓަރ މަހާތީރު محمّد، މި އިސްލާމީ މަރުކަޒުގެ މަޝްރޫޢާމެދު ބަހައްޓަވަމުން ގެންދެވީ ވަރަށް ޚާއްޞަގޮތެއް. މަރުކަޒުގެ މަސައްކަތް ކުރަމުންދާ، މެލޭޝިޔާގެ ކުންފުނިތަކާ ވާހަކަދައްކަވައި މަސައްކަތް ހިނގަމުންދާގޮތްވެސް އޭނާ ބައްލަވަމުން ގެންދަވާފައިވޭ. އަދި މިއަދުގެ މި ޖަލްސާއަށްވެސް އޭނާ އެ އިންނެވީ ވަޑައިގެން.

އިސްލާމީ މަރުކަޒުގެ މަޝްރޫޢަށް އެހީވެދެއްވި ހުރިހާ ފަރާތްތަކަށް، ދިވެހި ސަރުކާރުގެ ނަމުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އެބޭފުޅުންގެ އެހީއަކީ، އެބޭފުޅުންގެ ހިތްޕުޅުގައި ދިވެހިރާއްޖެއަށް ދެއްވާފައިވާ ޤަދަރުގެ އަލިވެގެންވާ ދަލީލެއް. އަދި އިސްލާމީ އެއްބައިވަންތަކަމާއި އެއްބާރުލުމަށް އެބޭފުޅުން ދެއްވާ އަހަންމިއްޔަތުގެ ފުރިހަމަ ނަމޫނާއެއް.

ބޭރު ބަޔަކުލައްވައި މައިގަނޑު މަސައްކަތްތައް ކުރުވި ކަމުގައިވިޔަސް، އެމީހުންނާއެކު މަސައްކަތްކުރަމުންދިޔަ ދިވެހީން މަސައްކަތް ކުރަމުންގެންދިޔައީ، ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު، ކަމަށްކަމޭހީކޮށްގެން ފަރުވާބަހައްޓައިގެން. އަޅުގަނޑު މި ދެންނެވި ދިވެހިންގެ ތެރޭގައި، މަސައްކަތް ހިންގަވަން ތިއްބެވި ވެރިންނާ ހަމައިން ފެށިގެންގޮސް، އެންމެ އާދައިގެ މަސައްކަތު މީހުންނާ ހަމައަށްވެސް ހިމެނޭ. އެގޮތަށް އެމީހުންގެ މަސައްކަތް ނުލިބުނުނަމަ، މިހާކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާބޮޑު ޢިމާރާތެއް، މިހާ ފުރިހަމައަށް ތައްޔާރުކޮށް ނިންމައެއްނުލެވުނީސްކަން ކަށަވަރު.

މަރުކަޒުގައި ހުރި ޖާލީ ދޮރުތައް ފިޔަވައި ވަޑާމުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ ދިވެހި ވަޑީން. މިސްކިތުގެ މައިހޯލުގައި ހުރި، ލަކުޑިން ކަނޑާނެގުމުގެ މަސައްކަތް ކޮށްފައިވަނީވެސް ދިވެހީންގެ ޒުވާން ފަންނާނުންތަކެއް. މި މަސައްކަތުގައި މިދެންނެވި ފަންނާނުންނާއި، އެނޫންވެސް އެހެން ދިވެހީން ބެހެއްޓި ޝައުޤުވެރިކަމާއި ފަރުވާތެރިކަމަކީ އުފާކުރުން ޙައްޤުކަމެއް. އަދި މުސްތަޤްބަލުގައިވެސް މިބާވަތުގެ ކަމެއްކުރަން ފެށުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް.

މިހިސާބުން އަޅުގަނޑުގެ ވާހަކަ އެހެން ދިމާއަކަށް ބަދަލުކޮށްލުމުގެ ކުރީން، މަރުކަޒު ބިނާކުރުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް އަޅުގަނޑު އަދާކުރަން ޖެހިފައިވާ ޝުކުރުތައް ދަންނަވާލަން ބޭނުންވޭ. މިގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ފާހަގަކުރާނީ، އޮނަރަބްލް އަލްފާޟިލް ޢަލީ ޢުމަރުމަނިކު، އޭނާގެ ނަންފުޅު. މި މަރުކަޒު ޢިމާރާތް ކުރުމުގެ މަސައްކަތުގައި އަލްފާޟިލް ޢަލީ ޢުމަރުމަނިކު މަސައްކަތް ކޮށްދެއްވަމުން ގެންދެވީ ވަރަށް އިޚްލާޞްތެރިކަމާއެކު. މަރުކަޒަށް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވުމާއި، ކޮންޓްރެކްޓަރުންނާ ވާހަކަދެއްކެވުމާ، އަދި މިހުރިހާ ކަމެއްގައި އޭނާ އުޅުއްވަމުން ގެންދެވީ އެއްވެސް ފޫހިފުޅުވުމެއްނެތި.

އަޅުގަނޑު ފާހަގަކޮށްލާނެ ދެވަނަ ނަންފުޅަކީ، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބްރާހީމް. އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުވެސް ފުރުއްވަނީ އޭނާ ކަމަށްވުމާއެކު، އިސްލާމީ މަރުކަޒަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ގެނެސްދެއްވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވަމުން ގެންދެވުމުގައި، އޭނާ ބެހެއްޓެވި ފަރުވާތެރިކަމަކީ، އަޅުގަނޑު ދަންނަވާނީ ލާމަސީލު ފަރުވާތެރިކަމެކޭ.

އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ފެށުނީއްސުރެ ނިމެންދެން، ރެއެއް ދުވާލެއްނެތި، އަތްވާއި ވާރޭގައި އެ މަސައްކަތް ހިނގަމުންދާގޮތް ޢަމަލީގޮތުން ބައްލަވައި ހެއްދެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ވާރކްސް ކޮންސަލްޓަންޓް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން. އޭނާއަށްވެސް މިއަދު އަޅުގަނޑު ޝުކުރު ދަންނަވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި.

މި ދަނޑިވަޅުގައި އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ ބޭފުޅުންގެ ލިސްޓަކީ މާ ކުރު ލިސްޓެއްނޫން. އެހެންކަމާއެކު، މި ތިން ބޭފުޅުންގެ ނަންފުޅު އެކަނި ޚާއްޞަކޮށްލުމަކީ، އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ކަމުގައި ހީފުޅުނުކުރެއްވުން އެދެން.

އާދެ، މިއަދު މި ހުޅުވޭ އިސްލާމީ މަރުކަޒަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޤުދްރަތުގެ ވަރަށް ޚާއްޞަ ޢިނާޔަތްތަކެއް އެކަމުގައި އެކުލެވިގެން ބިނާކުރެވިފައިވާ ތަނެއް. މި މަޝްރޫޢު ފެށްޓުމަށްޓަކައި އެންމެ ފުރަތަމަ އެހީ ލިބިފައިވަނީ، އިސްލާމްދީނުގެ ހިދާޔަތުގެ އެންމެ ފުރަތަމަ ނޫރު އެތަނެއްގައި ފެށިގެން އައި ބިން ކަމުގައިވާ ސުޢޫދީ ޢަރަބިއްޔާއިންކަން ފާހަގަކޮށްލެވޭ. އަދި މިއަދު މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި، އިސްލާމީ ޢިލްމުވެރިކަމުގެ އެންމެ މަތިވެރި މަރުކަޒުގެ އިސްވެރިޔާ ކަމުގައިވާ فضيلة الشيخ الإمام الأكبر جادالحقّ على جادالحقّ شيخ الأزهر އަޅުގަނޑުމެންގެ ތެރޭގައި އެބަ އިންނެވި. އަދި މައްކާގެ ޙަރަމްފުޅުގެ إمام فضيلة الشيخ محمّد السّبيل ވެސް އެބަ އިންނެވި. އަދި މިއަދުގެ މި އިފްތިތާޙީ ޖަލްސާގައި ޤުރްއާން ކިޔަވާވިދާޅުވެދެއްވީ، މުޅި ދުނިޔެއަށް މަޝްހޫރު އަދި މިހާރު ދުނިޔޭގައި ހުންނެވި އެންމެމޮޅަށް ޤުރްއާން ކިޔަވާވިދާޅުވާ قارى فضيلة الشيخ عبدالباسط عبدالصّمد. މި ހުރިހާ ކަމަކުން އަޅުގަނޑަށް ވިސްނެނީ، މި މިސްކިތާއި މި މަރުކަޒު ފެށިގެން މިދަނީ، ޤުދްރަތުގެ ޢިނާޔަތާއި، އިސްލާމްދީނުގެ ވަރަށްބޮޑު ބަރަކާތްތެރިކަމެއް އެކުލެވިގެންވާ ގޮތެއްގެމަތީންކަން. އަދި އިރާދަކުރެއްވިއްޔާ މި މަރުކަޒަކީ ރާއްޖޭގައި އިސްލާމްދީނުގެ ހިދާޔަތު ފަތުރައި އަލިކޮށްދޭނޭ ދަންމަރެއް ކަމުގައިވާނޭކަން ކަށަވަރު.

އާދެ، ދެން މިތަނަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންގެ ޝަރަފްގައި، ޢަރަބިބަހުން ދެތިންބަހެއް ދަންނަވާލިޔަދެއްވާނެ ކަމަށް ހީކުރަން.

بســم اللّـه الرّحمـن الرّحيــم

الســيد رئيــس مجلىس وزراء ماليزيا ، فضيلة الإ مام الأ كبىر شــيخ الأزهر، اصحاب المعالى الوزراء، اصحاب الفضيلة المشائخ والعلماء, الســادة ضيوفنــا الكرام، الإ خــــوة الحضـــور،

السّـــلام عليكم ورحمـــة اللّـه وبركاته، وبعد:

فإنــه ليوم مجيد في تارىخ المالديف المسلمة، وإنــه ليوم عظيم يسجل في تاريـخ المالديف الإســــلا مى بحروف من نور، وإنـــه ليوم اغر يوم يفتتح فيه فى هذا البـــلد المســلم مركز إسلا مى يشــع منــه نوراللّـه ليضىء الطريق لبــناء حضارة إسلاميـــة فى هذه المنطقــة الحساسة من العالم.

وفى هذه المناســــبة الســـعيدة لايسعنى الا ان اتوجه إلى اللّـه العلى القدير بالحمد والشكر والثـــناء، فهوالذى وفقـنـا بفـــضله وكرمه وجوده لاتمــام هذا المشروع الرائع والإنجــــازالعظيــــم.

ويســعدنى فى هذا المقام أن أتقدم بجزيل شكرنا وعظيــم عرفاننـــــا إلى جميع الضيوف الذين شــــرفونا للإشـــتراك فى هذا المناســــبة الســـعيدة وعيدنا الجمهـــورى الســــابع عشـــــر.

أيهــــا الســـادة! إنكم تشــــاركون معنــــا اليـــــوم فى افتـتــاح هذا المركز الإســــــلامى الذى لم يشــهد تاريخ المـــــالديف مثيلاله من قبل. وإن هذا المركز العظيم ســــيكون بإذن اللّـه قلعــة إســـلاميــــة تنطلق منها الدعوة الإسلامية إلى منطـــقة شــــرق وجنوب آســــيا لتنـــير أمام الضالِّيـــن الطريـــــق المســــتقيم. ليعرفوا أن شاطىء الا مان لا يوصل إليه إلا باتخاذ الإسلام دينا وعقيـــدة ومنهجـــا للحياة.

ايهــــــا الإخوة الأعزاء! منذ أن توليت رئاسىــــة الجهـــوريـــــة منذ ســــنوات راودتنى فكـرة إنشـــاء مركزإسلامى فى هذا البلد الاســــلامى للقيــام بواجب الدعوة الى اللّـه التى هي جزء من واجبــات هذ الأمــــة العظيمــــة "كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ". ولضخامة المشروع وتكاليفه الكبيرة عرضناه على بعض قادة وزعمــاء الدول الإسلا ميــــة، وقام بعضهم بتقديم مايمكن تقديــمه من العون والمســاعدة ســــواء اكانت مادّيــّة ام فنيــــة، وأخص بالذ كــــر صاحب الجلالـــة المــلك فهد بن عبدالعــزيز ملك المملكة العربيـــة الســعوديــة حغظه اللّـه، وجلالة الملك حسن البلقيا ملك نجارا بروناى دارالســــلام، وسموالاميـــر جابر الأحمد الصباح أمير دولـــة الكويت، ودولة رئـيـس وزراء ماليزيا السيد مهاتير محمد، وفخــامــــة رئـيـس دولـة الامارات العربيـــة المتحدة سموالشىخ زايـــــد بن سلطان آل نهيـــان، وفخـــامة الرئـيـس محمدحسنى مبارك رئـــيـس جمهوريـــة مصر العربيـــة، وفخامة الرئيس محمدضياء الحق رئيس جمهوريـــة باكستان الاســـلاميــة. فباسمى شـــخصــيا وباسم الشعب المالديفي المســـلم أقدم الشـــــكر والعرفـــان لهؤلاء جميعا، فجزاهم اللـه عنـــاخير الجـــــزاء.

إن المركز الاســـــلامى الذي نحتفل بافتـــتاحه اليــوم احتـــفالا رسـميـا وشـــعبـــيا، واكبتـــه العنايــة الإلهية منذ بدء العمل فيــه، ولا زالت بركات السماء تنـزل علينا تـترى؛ ولا ادل على ذلك من ان اول من تبرع لهذا المشروع العظيم هو جلالة الملك فهد بن عبد العزيز آل ســــعود ملك المملكة العــربيــة الســعوديــة، تلك الأرض الطيبة التى انبثق منها فجرالاسلام وانتـشــر فى ربوع المعمورة، وان من ضيوفنا الذين جاءوا من البلاد الاســــلاميـة فضيلة الامام الا كبر شــــيخ الازهــــر الذى يمثل اعـــرق جامعـــة إســـلاميـــة فى العـــالم، وفضيلة الشــيخ محمد السـبيل امام وخطيب مسـجد الحرام بمكة المكرمة، كما ان التــلاوة المبــاركة التى اسـتمعنا اليهـا من اشـــهر قارئ للقرآن الكريم فضيلة الشـــيخ عبدالباسط عبدالصمـــد قداضفت جــــلالا وروعــــة على هذا الا حتفال المهيب.

ونسـأل اللّـه العـــلى القـديـر ان يجزى خيرالجزاء كل من ســـاهم وقدم يد التضامن لهذا المشروع، وان يمدنا بعون منه فى القيام بالمهمــــــة المنوطــــة بنا من واجب الدعوة والا رشــــاد والتـوعيــة، وفقنـــااللــه واياكم لمــا يحبــــه ويرضــــاء.

އާދެ، މި ޝުޢޫރުތަކާއި ހެޔޮ އުއްމީދުތަކާއެކު، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން، ރާއްޖޭގެ އިސްލާމީ މަރުކަޒާއި، މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޡަމް ހުޅުވައިދިނުމުގެ އުފާ ލިބިގަންނަން.

باســــم اللّــه وعلى بركــــة اللّــه، أفتـتح مســجد الســـلطان محمد تكرفان الا عظم والمر كــزالاسلامى.

"މާތް ﷲގެ ނަންފުޅުން، އަދި މާތް ﷲގެ ނަންފުޅުގެ ބަރަކާތުން މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޡަމް އާއި، އިސްލާމީ މަރުކަޒު ހުޅުވައިދެން."