- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ދައުލަތުގެ އާމްދަނީއަށް ލިބިވަޑައިގަންނަވާ އެއްޗަކާ އެއްވަރަށް ޚަރަދުތައް ހަމަޖެއްސެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި
26 އޮކްޓޫބަރު 2010، ރިފަރެންސް: 2010-777
ދައުލަތުގެ އާމްދަނީއަށް ލިބިވަޑައިގަންނަވާ އެއްޗަކާ އެއްވަރަށް ޚަރަދުތައް ހަމަޖެއްސެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، 2011 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި އެކި މަޝްރޫޢުތައް ހިމެނުއްވުމުގައި، ދައުލަތަށް ލިބިވަޑައިގަންނަވާ އާމްދަނީއަށް އިސްކަން ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މިކަމަށް ސަމާލުކަން ދެއްވައިގެން އޮފީސްތަކުން ބަޖެޓް އެކުލަވައިލައްވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުއްވުމަށް ނިންމެވިއެވެ.