މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި،ގާބިލު މީހުންނެވެ.
|
މަގާމުގެ ނަން:
|
ޑެޕިއުޓީ ޑިރެކްޓަރ
|
|
ރޭންކް:
|
އެމް.އެސް.4
|
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
|
ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ
|
|
ބޭނުންވާއަދަދު:
|
1 (އެކެއް)
|
|
އަސާސީމުސާރަ:
|
7,875.00 ރުފިޔާ
|
|
ސަރވިސްއެލަވަންސް:
|
2,000.00 ރުފިޔާ
|
|
އެކްސްކްލޫސިވްޖޮބްއެލަވަންސް:
|
3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
|
|
ލިވިންގއެލަވަންސް:
|
2,500.00 ރުފިޔާ
|
|
ކޮލިފިކޭޝަން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،
- ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ.
|
|
މަގާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓުގްރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓުގްރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މީގެ އިތުރުން، ބައްދަލުވުންތައް ރާވައި، ހިންގުމާއި ވިލަރެސްކުރުމާއި، އެނަލިޓިކަލް ރިޕޯޓުތަކާއި، ބްރީފުތައް ތައްޔާރުކުރުމުގެ ގާބިލުކަން ހުރި، އޮފީސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި، އެހެން މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރި، ފަރިތަކަމާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕުރޮގުރާމުތައް ބޭނުންކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
މަގާމުގެ މައިގަނޑު
މަސްއޫލިއްޔަތުތައް:
|
- ސެކިއުރިޓީ ދާއިރާއާ ގުޅޭ އެހެން މުއައްސަސާތަކާއެކު ހިނގާ މަޝްރޫޢުތަކާއި އެހެނިހެން މަސައްކަތައް ވިލަރެސްކޮށް ހިންގުން.
- ރާއްޖޭގެ ސެކިއުރިޓީ ދާއިރާއާއެކު އެހެން ގައުމުތަކުން ކުރިއަށްގެންދާ ޕުރޮގުރާމްތަކާއި، މަޝްރޫޢުތައް ރާވައި ހިންގުން.
- ސަރުކާރުގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތަކާއި، އޮފީހުގެ ދާއިރާތަކާގުޅޭ ކަންކަމުގައި ބޭނުންވާ ދިރާސާ ރިޕޯޓުތައް އިސްތިރާޖީ ފެންވަރުގައި ގަވާއިދުން ތައްޔާރުކުރުން.
- ބައިނަލްއަގުވާމީ އަދި ސަރަހައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ދިރާސާކުރުމާއި، އެކަންކަމުގެ އެންމެ އަދާހަމަ ރިޕޯޓު ތައްޔާރުކުރުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
ނ. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖޭން ބޭރުގެ) އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.
ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.
ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
|
މި ވަޒީފާއަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 ޑިސެންބަރު 16 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ. މި ވަޒީފާއަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/އެވެ.
10 ޑިސެންބަރު 2025