ބާރބަޑޯސްގެ ބޮޑުވަޒީރު ޑޭވިޑް ތޮމްސަން އަވަހާރަވުމާ ގުޅިގެން، ބާރބަޑޯސްގެ ގަވަރނަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ގަވަރނަރ-ޖެނެރަލް ސަރ ކްލިފޯރޑް ހަސްބަންޑްސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، ބޮޑުވަޒީރު ތޮމްސަން އަވާހަރަވީ ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނު ބާރބަޑޯސްއަށް ކޮށްދެއްވާފައިވާ ކުލަގަދަ ޚިދުމަތްތައް، އެޤައުމުގެ ރައްޔިތުން އަބަދުވެސް ހަނދާން ކުރާނޭ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބާރބަޑޯސް ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައި، ބޮޑުވަޒީރު ތޮމްސަންގެ އާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ބޮޑުވަޒީރު ޑޭވިޑް ތޮމްސަން އަވަހާރަވީ، ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، އިއްޔެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ، 48 އަހަރުފުޅެވެ. ބާރބަޑޯސްގެ ބޮޑުވަޒީރުކަމަށް ޑޭވިޑް ތޮމްސަން އިންތިޚާބުވެވަޑައިގެންނެވީ 2008ވަނަ އަހަރުއެވެ.